twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީގައި ސްކޭޓް ޕާކެއް އަޅާނެ ބަޔަކު ހޯދަނީ

މުޙައްމަދު އަހުމަދު
Jan 10, 2023

ކުޅުދުއްފުށި ސިޓީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ސްކޭޓިން ޕާކް ޑިޒައިންކޮށް ތަރައްގީކުރުމުގެ މަސައްކަތްކުރާނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން އިއުލާންކޮށްފި އެވެ.

ޔޫތު މިނިސްޓްރީން ވަނީ ސްކޭޓިން ޕާކް ތަރައްގީކުރުމުގެ މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށައެޅުމަށް ހުޅުވާލާފަ އެވެ.

ޕާކް ތަރައްގީކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ހުށައަޅާފައިވާ ބިމުގައި (50 × 90 ފޫޓްގެ) ސަރަހައްދުގައި ސްކޭޓިން ޕާކެއް ޑިޒައިންކޮށް ތަރައްގީކުރުމެވެ. އަދި ޕާކް ޑިޒައިން ކުރަން ޖެހޭނީ ކުޑަކުދިންނަށް ވެސް ބޭނުންކުރެވޭނެ ގޮތަށް ކަމަށް ޔޫތު މިނިސްޓްރީން ހާމަކުރެ އެވެ،

މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށައަޅާނީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓަށެވެ. އަންދާސީ ހިސާބު ހުށައަޅަން ޖެހޭ ތާރީހަކީ މިމަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ 11 ގެ ނިޔަލަށެވެ.

އަންދާސީ ހިސާބު ހުށައަޅާފަރާތުން ޕްރޮފައިލް ހުށައަޅާއިރު ކުންފުންޏެއް، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ކުލަބް ޖަމިއްޔާގެ ތައާރަފާއި މަގްސަދު ހިމަނަން ޖެހޭނެ އެވެ. އަދި މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބަލާނީ ވޭތުވެދިޔަ 5 އަހަރު މިބާވަތުގެ މަސައްކަތް ކޮށްފައިވާނަމަ މަސައްކަތްކުރި ތަންތަނުން ދީފައިވާ ރިފަރެންސް ލެޓާއަށެވެ. އަދި މިގޮތުން 1 - 5 އަކާ ދެމެދުގެ އަދަދަކަށް ސިޓީ ހުށައެޅޭނެ އެވެ.

މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަކީ ޖީއެސްޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަކަށް ވާންޖެހެ އެވެ. މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10000 (ދިހަހާސް) ރުފިޔާ އެއް މަސްދުވަހުގެ މުއްދަތަށް ހުށަހަޅަން ޖެހޭއިރު ކޮންމެ ފަރާތަކަށް ވެސް ހުށައެޅޭނީ 1 ބިޑެވެ. އަދި ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން 2 ޕަސެންޓްގެ ގެރެންޓީއެއް ހުށައަޅަން ޖެހޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355