twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޓްރެއިނިން ކޭމްޕަކަށް ރާއްޖޭގެ އެތުލީޓުން އިންޑިއާއަށް

Jan 14, 2023

އެތުލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ރާއްޖޭގެ 10 އެތުލީޓަކާއި ތިން ކޯޗުން ތަމްރީނެއްގައި ބައިވެރިވުމަށް އިންޑިއާ އަށް ފުރުމަށް ހަމަޖެހިއްޖެއެވެ.

އިންޑިއާގެ ބެންގަލޫރުގައި ހުންނަ ނެތާޖީ ސުބާޝް ސްޕޯޓްސް އޮތޯރިޓީގައި ކުރިއަށްދާ މި ކޭމްޕުގައި ރާއްޖޭގެ 10 އެތުލީޓަކާއި ތިން ކޯޗުން ދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ކޭމްޕު ކުރިއަށް ދާނީ މިހިނގާ ޖެނުއަރީ މަހުން ފެށިގެން މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށެވެ.

އެކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަހުލޫފާއި، އިންޑިޔާގެ ހައިކޮމިޝަނަރު މުނޫ މަހާވާރާއި، ކޮމިޝަނާ އޮފް ސްޕޯޓްސް، އަހުމަދު ސަލީމާއި، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އަހުމަދު އަޒީލެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފް ވަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އިންޑިއާއިން ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާ ކުރައްވާފައެވެ. އިންޑިއާއިން ފޯރުކޮށްދީފައިވާ 40 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓްއިން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުޅިވަރުގެ ދާއިރާގެ އުމްރާނީ ތަރައްގީއަށް ބޮޑު ބަދަލެއް ގެނެވިފައިވާކަން ފާހަގަކުރެއްވެވިއެވެ.

ރަސްމިއްޔާތުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި މި ކޭމްޕަކީ ޒަމާނުއްސުރެ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ރަހުމަތްތެރިކަމާއި، ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިވަމުންދާކަމުގެ ފުރިހަމަ މިސާލެއް ކަމުގައި ސިފަކުރެއްވިއެވެ. އަދި މި ކޭމްޕުގެ ކަސްޓަމައިޒްޑް ޓްރެއިނިން މޮޑިއުލްތަކުގެ ސަބަބުން އެތުލީޓުންގެ ހުނަރުތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމުގައި އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

އޭނާ ވަނީ 2023ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި އެހެނިހެން ގައުމީ އަދި ބައިނަލްއަގުވާމީ އެކިއެކި އިވެންޓްތަކުން ކާމިޔާބު ނަތީޖާތަކެއް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމުގައި ވިދާޅުވެފައެވެ.

ހަ މަމަސްދުވަހުގެ މި ކޭންޕަކީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ޔޫތު މިނިސްޓްރީގެ އެދުމުގެ މަތިން އިންތިޒާމުކުރެވިފައިވާ ކޭމްޕެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355