twitterviber whatsapp telegramfacebookyoutube instagram
5th August 2026

ރައީސް ވެފައިވާ ވައުދުތައް ލިޔެ ބެހެއްޓި ތަކެތި ޖެޓީ ސަރަހައްދުން ފުލުހުން އަންގައިގެން ދުރުކޮށްފި

ނަބީލާ އިސްމާޢީލް
Jan 18, 2023

ރައީސް އިބުރާހިމު މުހައްމަދު ސޯލިހު ކުޅުދުއްފުއްޓަށް ކޮށްދެއްވާނެކަމަށް ވިދާޅުވެ މިހާތަނަށް އައިރު ނުފުއްދާ ހުރި ވައުދުތައް ލިޔެ ބަނދަރު މަތީގައި ބެހެއްޓި ތަކެތި ދުރުކުރަން ފުލުހުން އަންގައިފި އެވެ.

މަށިމާލި ޕެރޭޑްގައި ފެންނަކަހަލަ ފުޅަނދުރަކެއްގައި ލިޔެފައި ހުރީ ކޮޗިން ފެރީ އާއީ އެއާޕޯޓް، ޓާޝަރީ ހޮސްޕިޓަލް އަދި ފުއް ފެކްޓްރީގެ ވައުދުތަކެވެ.

ގިނަ އަދަދެއްގައި ފުލުހުން އައިސް ވާހަކަދެއްކުމުން އެތަކެތި މިހާރު ވަނީ ޖެޓީ ކުރިމަތިން ދުރުކޮށްފަ އެވެ. އެކަމުގައި ޕީޕީއެމުން މެމްބަރުން ހިތްހަމަނުޖެހުންފާޅުކުރި އެވެ.

އެ ސަރަހައްދުގައި އެވަގުތު ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު އަބުދުލް ގަފޫރު މުސާ (ގަޕޯ) ވެސް ހުއްޓެވެ. އޭނާވެސް ވަނީ ޕީޕީއެމްގެ މެމްބަރުންނާ ވާހަކަދައްކާފަ އެވެ.

މިއަދު ހަވީރު ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ބަނދަރު ސަރަހައްދުގައި ވަނީ ރައީސް ޔާމީން ދޫކޮށްލަން ގޮވާލާ ގިނަ އަދަދެއްގެ ބެނާ ދަމާފަ އެވެ. އަދި ޔާމީން ދޫކޮށްލަން ގޮވާލާ ބޮޑު ޕޯސްޓަރެއްވެސް ވަނީ ބަހައްޓާފަ އެވެ.

ރައީސް ސޯލިހު ކުޅުދުއްފުއްޓަށް ވަޑައިގަތުމާ ދިމާކޮށް ޕީޕީއެމުން މުޒާހަރާކުރަން ވަނީ ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355