twitterviber whatsapp telegramfacebookyoutube instagram
19th April 2024

ފަހަތުން އަރާ އެތްލެޓިކޯ ބަލިކޮށް ރެއާލް ސްޕެނިޝް ކަޕުގެ ސެމީއަށް

މުޙައްމަދު އަހުމަދު
Jan 27, 2023

ސްޕެނިޝް ކަޕުގައި ރޭ ފަހަތުން އަރާ އެތްލެޓިކޯ މެޑްރިކް ބަލިކޮށް ރެއާލް މެޑްރިޑުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ރޭ ސްޕެނިޝް ކަޕުގެ ސެމީއަށް ރެއާލް ދަތުރުކުރީ އިތުރު ވަގުތުގެ ދެހާފް ކުޅެގެން 3 - 1 ން އެތްލެޓިކޯ މެޑްރިޑް ބަލިކޮށްގެންނެވެ. އެންމެފަހުން ރެއާލަށް ސްޕެނިޝް ކަޕުގެ ތަށި ހިއްލާލެވިފައިވަނީ 2014 ވަނަ އަހަރުގެ މުބާރާތުގަ އެވެ.

މިފަހަރުގެ ސެމީއަށް ރެއާލް ދަތުރުކޮށްފައި މިވަނީ 2019 ވަނަ އަހަރުގެ މުބާރާތަށްފަހު ފުރަތަމަ ފަހަރަށް ކަން ފާހަގަކޮށްލެވެ އެވެ. ރެއާލްގެ ސަންޓިއާގޯ ބާނަބެއުގައި ކުޅެވުނު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެތްލެޓިކޯއިންނެވެ.

19 ވަނަ މިނެޓުގައި އެތްލެޓިކޯއަށް ލީޑު ނަގައިދިނީ ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ އެވެ. މޮރާޓާ އަކީ ކުރިން ރެއާލަށް ކުޅުނު ކުޅުންތެރިޔެކެވެ. މެޗުގައި ރެއާލުގެ ބެންޒެމާ އަދި ވިނީޝިއަސް ޖޫނިއާއަށް ވަނީ އެއްވަރުކުރަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.

މެޗުގައި ރެއާލަށް ނަތީޖާ ހަމަހަމަކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެއް އެޓީމުގެ ވިންގް ރޮޑްރީގޯ އެވެ. ފުރިހަމަ ވަގުތު ހަމަވީއިރު ދެޓީމު އެއްވަރުވެފައި އޮތުމުން އިތުރުވަގުތު ކުޅެން ޖެހުނެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބެންޒެމާ އެޓީމަށް ލީޑު ނަގައިދިންއިރު ރެއާލްގެ ފަހު ލަނޑު ދެވަނަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ޖަހައިދިނީ ވިނީޝިއަސް އެވެ.

ކުއާޓާގެ އެހެން މެޗުތަކަށް ބަލާއިރު ރޭ ވެލެންސިއާ ބަލިކޮށް އެތްލެޓިކޯ ބިލްބާއޯއިން ވަނީ ސެމީގެ ފަހު ޖާގަ ހޯދާފަ އެވެ. ސެމީގައި މިވަގުތު އޮތް ޓީމުތަކަކީ އެތްލެޓިކޯ ބިލްބާއޯއާއި ރެއާލްގެ އިތުރުން އޮސަސޫނާއާއި ބާސެލޯނާ އެވެ. ސެމީގެ ގުރުއަތުލުން ކުރިއަށްދާނީ ހޯމަދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355