twitterviber whatsapp telegramfacebookyoutube instagram
12th August 2026

ހދ ޖުޑިޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބަލަނީ

ނަބީލާ އިސްމާޢީލް
Jan 31, 2023

ހދ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް އެޑްމިނިސްޓްރޭޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން މިއަދު ބުނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާގުޅޭ މައްސަލައެއްގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާހިލާފަށް ހދ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް އަމަލުކޮށްފައިވާ ތުހުމަތުކުރާ މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް ނިންމާފައިވާ ކަމަށެވެ.

މި މައްސަލަ ބެލުމަށް ނިންމާފައިވަނީ މި މަހު 18 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 5 ވަނަ ޖަލްސާގައި ކަމަށާއި މައްސަލަ ތަހުގީގުކުރުމަށް ތަހުގީގު ކޮމިޓީ އެކުލަވާލެވިފައިވާ ކަމަށެވެ.

މިދިޔަ އަހަރު އެޕްރީލްމަހުވެސް ވަނީ މެޖިސްޓްރޭޓް އަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބަލާ ދެ ހަފްތާގެ މުއްދަތަށް ވަޒީފާއިން ސަސްޕެންޑްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355