twitterviber whatsapp telegramfacebookyoutube instagram
16th April 2024

މޯލްޑިވިއަން އިން ހަނިމާދޫ އަށް ރޭގަނޑުކުރާ ދަތުރުތައް މެދުކަނޑާލަނީ

ނަބީލާ އިސްމާޢީލް
Feb 1, 2023
3

މޯލްޑިވިއަން އިން ހަނިމާދޫ އަށް ރޭގަނޑުކުރާ ދަތުރުތައް އަންނަ މާރޗް މަހުން ފެށިގެން މެދުކަނޑާލަން ނިންމައިފިއެވެ.

މޯލްޑިވިއަން އިން ބުނީ ދަތުރުތައް މެދުކަނޑާލުމަށް ނިންމާލާފައިވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދާތީކަމަށެވެ. އަދި މިގެންނަ ބަދަލާއި އެކު ހަނިމާދޫ އިން އިންޑިއާގެ ޓްރިވެންޑުރަމަށް ކުރާ ދަތުރުތައްވެސް ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވާކަމަށެވެ.

އަންނަ މަހުގެ 1 ވަނަ ދުވަހުގެ ފަހަށް ޓިކެޓު ނަގާ ފަރާތްތަކުން، މޯލްޑިވިއަންގެ ކޯލްސެންޓަރ މެދުވެރިކޮށް ދަތުރުގެ ކަންތައްތައް ހަމަޖެއްސައިދޭނެ ކަމަށްވެސް އެ ކުންފުނިންވަނީ ބުނެފަ އެވެ.

ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.

އެ މަޝްރޫއުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ. ޖޭއެމްސީ އަކީ އިންޑިއާގެ އެންމެ ބޮޑު އެއް އީޕީސީ ކުންފުންޏެވެ. އެއީ 136.6 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއުއެކެވެ.

އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއި ކުރެވުނު ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355