twitterviber whatsapp telegramfacebookyoutube instagram
10th February 2026

ޑަބްލިއުޑީސީން ކުޅުދުއްފުށީގައި ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ބާއްވަނީ

ނަބީލާ އިސްމާޢީލް
Feb 5, 2023
2

ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން ކުޅުދުއްފުށީގައި ފަތަން ދަސްކޮށްދޭ ޕްރޮގުރާމެއް ބާއްވަން ނިންމާ ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކޮމެޓީގެ މެމްބަރު އަކުބަރީ މުހައްމަދު ވިދާޅުވީ މި ޕްރޮގުރާމަކީ ފުލުހުންނާއި ގުޅިގެން މި މަހު 15 ވަނަ ދުވަހުން ފެށިގެން 21 ދުވަހުގެ މުއްދަތައް ހިންގާ ޕްރޮގުރާމެއްކަމަށާއި ބައިވެރިވެވޭނީ ގޫގުލް ފޯމެއް މެދުވެރިކޮށް ކަމަށެވެ.

16 އަހަރާއި 45 އަހަރާ ދެމެދުގެ އަންހެނުނަށް ހުޅުވާލާފައިވާ މި ޕްރޮގުރާމުގައި ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ފޯމް ހުށަހަޅާ 30 ފަރާތަކަށް ކަމަށްވެސް އަކުބަރީ ވިދާޅުވި އެވެ. އަދި މި ޕްރޮގުރާމަކީ ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާ ހިންގާ ޕްރޮގުރާމެކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޕްރޮގުރާމުގައި ބައިވެރިވުމަށް ކަނޑައެޅިފައިވާ އުމުރުފުރައިން ޝަރުތު ހަމަވާ ފަރާތްތަކުން މި މަހު 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން އަންހެނުން ކޮމެޓީގެ ޕޭޖްގައިވާ ގޫގުލް ފޯމް މެދުވެރިކޮށް ނަން ނޯޓް ކުރުމަށް އެ ކޮމެޓީން އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355