twitterviber whatsapp telegramfacebookyoutube instagram
28th March 2024

އެންމެ ބޮޑު އިސްކަމެއްދީގެން ކުރާ ކަމަކީ ނާގޯށި ތަރައްގީކުރުމުގެ މަސައްކަތް: އެމްޓީޑީސީ

ނަބީލާ އިސްމާޢީލް
Feb 9, 2023

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އިން މިހާރު އެންމެ ބޮޑު އިސްކަމެއްދީގެން ކުރާ ކަމަކީ ހދ ނާގޯށި ތަރައްގީކުރުމުގެ މަސައްކަތްކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޓީޑީސީއަށް 15 އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް އަބްދުލްސަމަދު ވިދާޅުވީ ނާގޯށީ އަކީ ބިމުގެ ގޮތުން ބޮޑުރަށެއް ކަމަށާއި، 73 ހެކްޓަރުގެ މި ރަށުގައި ރިސޯޓެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެ ކުންފުނިން މިހާރުދަނީ އެންމެ ފަހުގެ ތައްޔާރީތައްވަމުންކަމަށެވެ.

މިމަޝްރޫއުގެ މަސައްކަތްކުރަމުންދަނީ ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ ރޯ ގަލަދާރީ ކުންފުންޏާއިއެކު ގާއިމްކޮށްފައިވާ ޖޮއިންޓު ވެންޗާއެއްގެ ދަށުން ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޓީޑީސީއަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެމްޓީޑީސީން އަމިއްލަ ރިސޯޓް ތަރައްގީކޮށް، ހިންގުމަކީ އޭގެ މަންފާ ކުންފުންޏަށް އެންމެ ފުރިހަމަ ގޮތުގައި ހާސިލްކުރެވޭނެ ކަމަށްވާތީ، ކުންފުނިން އިންވެސްޓްކޮށްގެން، 230 އެނދުގެ ރިސޯޓެއް ތަރައްގީކުރުމުގެ އެންމެހާ ކަންކަން ކުރަމުންދާ ކަމަށާއި ކުންފުނީގައި އެވަރުގެ ގާބިލްކަން އެބަހުރި ކަމަށެވެ.

މިމަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ އިދާރީ މަސައްކަތްތައް ކަމަށާއި، އެގޮތުން ރަށުގެ އީއައިއޭ ހެދުމުގެ މަސައްކަތާއި، ޑީޓެއިލް ޑިޒައިންގެ މަސައްކަތާއި، ރަށުގެ ސާވޭގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި އަންނަ އަހަރުތެރޭ ރިސޯޓެއްގެ ގޮތުގައި އެރަށް ތަރައްގީކޮށް އެކަމުގެ ފޮނި މީރުކަން ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355