twitterviber whatsapp telegramfacebookyoutube instagram
29th July 2026

ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުން މިމަހު 23 ގައި

އަބްދުލް ވާހިދު ޙަސަން
Feb 19, 2023

ރައްޔިތުންނާ އާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުން އޮންނާނީ މިމަހު 23 ވަނަ ދުވަހުކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާމަކުރައްވައިފި އެވެ.

ސިޓީ ކައުންސިލުން ބުނީ، މިއަހަރު ބާއްވާ ފުރަތަމަ ބައްދަލުވުން އޮންނާނީ މިމަހު 23 ވަނަ ދުވަހުގެ ރޭ 20:45 ގައި ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމުގައި ކަމަށެވެ.

މި ބައްދަލުވުމުގައި 2023 ވަނަ އަހަރަށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި މިދިޔަ އަހަރު ހިންގުނު ބައެއް ހަރަކާތްތަކުގެ މައުލޫމާތު ހިއްސާކުރާނެ އެވެ.

އަދި މީގެ އިތުރުން ކައުންސިލްގެ މުހިންމު ނިންމުންތައްވެސް މި ބައްދަލުވުމުގައި އާންމުންނާ ހިއްސާކުރާނެ އެވެ. މިއީ ލާމަރުކަޒީ ގާނޫނުން ލާޒިމުކޮށްގެން ބާއްވާ ބައްދަލުވުމެކެވެ.

ސިޓީ ކައުންސިލުން އިންތިހާބުވި ފަހުން ކޮންމެ އަހަރަކުވެސް އާންމު ބައްދަލުވުންތައް ބާއްވާކަން ފާހަގަކުރެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355