twitterviber whatsapp telegramfacebookyoutube instagram
29th March 2024

ނައިވާދޫ އިން ބަންޑާރަގޯތި ދޫކުރަން ހުޅުވާލައިފި

އަބްދުލް ވާހިދު ޙަސަން
Mar 2, 2023

ދިރިއުޅުމަށްޓަކާ ހދ ނައިވާދޫ ބަންޑާރަގޯތި ދޫކުރުމަށް ހުޅުވާލައިފި އެވެ. ގުދަރަތީ ހިތްގައިމުކަމެއް ލިބިފައިވާ މިރަށުން ގޯތިދޫކުރަން ހުޅުވާލާފައިމިވަނީ ގާތްގަނޑަކަށް 8 އަހަރުން ފަހުންނެވެ.

އެރަށުން ދޫކުރަން ނިންމާފައިވަނީ 2048 އަކަފޫޓްގެ ގޯއްޗެވެ. އެރަށު ކައުންސިލްގެ ރައީސް އަލީ ރަޝީދު ކޭއޯއަށް ވިދާޅުވީ، ގޯތި ދޫކުރާނެ ސީދާ އަދަދު އަދި ހާމަކުރަން ދަތިނަމަވެސް 50 އަށްވުރެ ގިނަ ގޯތި ދޫކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، މިއީ އެރަށުން ބަންޑާރަގޯތި ދޫކުރާނެ އެންމެ ފަހު ފަހަރު ކަމަށާއި މިފަހަރު ގޯތިދޫކުރުމުން ރަށުގެ ބިން ފުރުނީ ކަމަށެވެ.

ނައިވާދޫ ކައުންސިލުން ކޮށްފައިވާ އިއުލާން

"މިއީ ބާކީ މިހާރު ރަށުގައި އޮތް ތަންކޮޅު. ދަނޑުބިމާއި މީހުން ދިރިއުޅޭ ގޯތިތަކާ ދެމެދު އޮތް ސަރަހައްދުން ގޯތި މި ދެނީ. ކައުންސިލުން ދެން ނިންމާފައިވާނީ މިފަހަރު ދެން ދެވެން އޮތް ގޯއްޗެއް ދޭން." އަލީ ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ، ދެން ރަށުގައި ބާކީ އޮންނާނީ ދަނޑުބިމަށް އޮތް ސަރަހައްދު އެކަނި ކަމަށާއި ކައުންސިލުގެ ވިސްނުމަކީ ކުރިއަށް އޮތްތަނުގައި ރަށުގެ ވަކި ސަރަހައްދެއް ހިއްކާ، ފްލެޓް އެޅުން ކަމަށެވެ. އެހެންނަމަވެސް ކައުންސިލުގައި އާމުދަނީގެ ދަތިތައް ހުރުމުން އެކަމުގައި ގޮންޖެހުންތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

ނައިވާދޫ އިން ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 6 ވަނަ ދުވަހެވެ. ނައިވާދޫގައި މީހުން ދިރިއުޅެން 106 ގޯތި ދޫކޮށްފައިވާއިރު އެރަށުގައި 1000 އެއްހާ ރައްޔިތުން އުޅެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355