twitterviber whatsapp telegramfacebookyoutube instagram
21st August 2026

ހުއްދަނެތި ރަށުތެރޭގައި ބަހައްޓާފައި ހުންނަ ތަކެތި ނަގަނީ، އަނބުރާ ހަވާލެއް ނުކުރާނެ

އަބްދުލް ވާހިދު ޙަސަން
Mar 12, 2023
1

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހުއްދަނެތި މަގުތަކާއި އާންމު ސަރަހައްދުތަކުގައި ބަހައްޓާފައި ހުންނަ ތަކެތި އިތުރު އެންގުމަކާ ނުލައި ނަގާނެކަމުގެ އިންޒާރު ސިޓީ ކައުންސިލުން ދީފި އެވެ.

ހުއްދަނެތި ބަހައްޓާފައިވާ ތަކެތިނެގުމުގެ މަސައްކަތްކުރުމުގެ މަސައްކަތް ކުރާނެކަން ސިޓީ ކައުންސިލުން ހާމަކޮށްފައިމިވަނީ އާންމު ސަރަހައްދުތަކުގައި ބަހައްޓާފައި ހުންނަ ތަކެތީގެ ސަބަބުން ރައްޔިތުންނަށް އުނދަގޫވާކަމުގެ ޝަކުވާ ކެނޑިނޭޅި އެ އިދާރާއަށް ލިބެމުންދާ ދަނޑިވަޅެއްގަ އެވެ.

އެގޮތުން އެންމެފަހުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައިވެސް މަގުތަކުގައި ތަކެތި ބަހައްޓާ މައްސަލައާ ގުޅިގެން އާންމު ފަރާތްތަކުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ސިޓީ ކައުންސިލްގެ އިއުލާނު

އަދި މީގެ އިތުރުން މިއީ މަގުތަކާއި އާންމުތަންތަނުގެ ސާފުތާހިރުކަމާވެސް ގުޅުން ހުރި މައްސަލައަކަށްވާއިރު މިހާރު ރަށުގެ ބައެއް ސަރަހައްދުތަކުގައި ބާ ވެހިކަލުތަކާއި ބޭނުންނުކުރާ ގިނަ އަދަދެއްގެ ސާމާނު އާއްމުންނަށް އުނގަދޫވާނެހެން ބަހައްޓާފަ އެބަހުއްޓެވެ.

ކައުންސިލުން ބުނީ، ހުއްދަނެތި މަގުތަކާއި އާންމު ތަންތަނުގައި ބަހައްޓާފައި ހުންނަތަކެތި އިތުރު އެންގުމަކާނުލައި ނަގަމުންދާއިރު އެތަކެތި އަނބުރާ ހަވާލު ނުކުރެވޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355