twitterviber whatsapp telegramfacebookyoutube instagram
4th April 2026

މަރާމާތަށް ފަހު ފުޓްސަލް ދަނޑު ހުޅުވައިފި

އަބްދުލް ވާހިދު ޙަސަން
Mar 19, 2023
1

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ގާއިމުކޮށްފައިވާ ޓާފް ގުރާސް ފުޓްސަލް ދަނޑު މަރާމާތަށް އަލުން ބޭނުންކުރަން ފަށައިފި އެވެ. ހާވިލާ ކޮންޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ އަގަކީ 1.18 މިލިއަން ރުފިޔާ އެވެ.

މި މަޝްރޫއު ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ފަހު ކޮޅު އެވެ. މަރާމާތަށްފަހު އަލުން ހުޅުވުމުގެ ގޮތުން ރޭ ވަނީ ސިޓީ ކައުންސިލްގެ ޓީމަކާއި މުވައްސަސާތަކުގެ ވެރިން ހިމެނޭނެ ޓީމަކާ ދެމެދު މެޗެއް ކުޅެފަ އެވެ.

މި ދަނޑު ހުޅުވައިދެއްވީ ސްކޫލުތަކުގެ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނެވެ. މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރުން ޔާސިރު އަބުދުލް ލަތީފާއި ކުޅުދުއްފުށީ މުވައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355