twitterviber whatsapp telegramfacebookyoutube instagram
25th April 2024

ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރަން ސަރުކާރަށް ގޮވާލާ ގަރާރެއް

ނަބީލާ އިސްމާޢީލް
Mar 20, 2023

ރޯދަ މަހަށް، މުދަލާއި ޚިދުމަތުގެ އަގުތައް ކޮންޓްރޯލު ކުރަން ސަރުކާރަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި، ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ގަރާރެއް ހުށަހަޅުއްވައިފިއެވެ.

އެ ގާރާރުގައި ބުނެފައިވަނީ އެއީ ސަރުކާރުން ޖީއެސްޓީ ބޮޑުކުރުމާއެކު މުދަލާއި ހިދުމަތުގެ އަގު އިންތިހާއަށް ބޮޑުވެ، ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކާއި ގޮންޖެހުންތައް ކުޑަކޮށް ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމަށް ގޮވާލާ ހުށަހަޅާ ގަރާރެއް ކަމަށެވެ.

ރާއްޖޭގައި މުދަލުން ނަގާ ޖީއެސްޓީ ބޮޑުކުރުމާއެކު ދިވެހިން ދިރިއުޅުމުގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެއްޗާއި މުދަލާއި ހިދުމަތުގެ އަގު މިދިޔަ ޖެނުއަރީ މަހުން ފެށިގެން 7 އިންސައްތަ ބޮޑުވެފައިވާ ކަމަށާއި ވޭތުވެދިޔަ އަހަރު ތެރޭގައި 7.82 އިންސައްތަ އިތުރުވެ، ނިސްބަތުން ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި 75 އިންސައްތައަށްވުރެ, އިންފްލޭޝަން އުފުލިފައިވާ ކަމަށް ގަރާރުގައި ފާހަގަކޮށްފައި ވެއެވެ.

އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އަގުތައް 4.3 އިންސައްތަ ބޮޑުވެފައިވާކަން ތަފާސް ހިސާބުތަކާއި ބެހޭ އިދާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ހާމަވާ ކަމަށެވެ.

ގަރާރުގައި ބުނެފައި ވަނީ ރައްޔިތުން ކަންބޮޑުވާ މިންވަރަށް ރާއްޖޭގެ އިންފްލޭޝަން އުފުލެމުން ދިއުމާއި ރާއްޖޭގައި އުފައްދާ ތަކެތީގެ އަގުތަކާއި ހިދުމަތުގެ އަގުތައް އުފުލެމުންދާ ކަމަށެވެ.

"ހާއްސަކޮށް ރޯދަ މަހަށް ދިވެހިން އާއްމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އެކި ބާވަތްތަކުގެ އަގުތައް ކުރިއަށްވުރެ ބޮޑުވަމުންދާއިރު ލިބޭ އާމްދަނީން ދެކޮޅުނުޖެހޭ ރައްޔިތުންގެ ގިނަ ބަޔަކަށް އާމްދަނީ އިތުރުކުރެވޭނެ މަގުތަކެއް ފެންނަން ނެތުމާއި ޖޫރިމަނާއާއި އެހެނިހެން ނަންނަމުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދަނީ." ގަރާރުގައި ބުނެފައި ވެއެވެ.

ގަރާރުގައި ވަނީ ދިވެހި ސަރުކާރުން ބޮޑުކުރި ޖީއެސްޓީ އަލުން މުރާޖާއާ ކުރުމަށާއި ސަރުކާރު ހިއްސާވާ ކުންފުނތަކުގެ ހިދުމަތުގެ އަގު ހެޔޮކޮށް ރައްޔިތުންގެ އަތް ނުފޯރާ ހިސާބުގައި ހުރި މަދަލުގެ އަގުތައް ކޮންޓްރޯކް ކުރެވޭނެ ގިތްތަކެއްގެ ރޭވުމަށް ގޮވާލާފަ އެވެ.

މި ރޯދަ މަހު ކާބޯތަކެތީގެ އަގުތައް އަތްފޯރާފަށުގައި ބެހެއްޓޭނެ ގޮތްތަކެއް ރޭވުމަށް އާދަމް ޝަރީފް ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355