twitterviber whatsapp telegramfacebookyoutube instagram
21st October 2025

ކޭއޯ ރޯދަ ބަދިގެ: ސަބްމެރިން ސޯސް

ނަބީލާ އިސްމާޢީލް
Mar 24, 2023
1

ކޮންމެ ބާވަތެއްގެ ކާތަކެއްޗަކީވެސް އެއް ނަމެއްކީ ނަމަވެސް އެކި ފަރާތްތަކުން ތަފާތު ތަފާތު ގޮތްތަކަށްވެސް ތައްޔާރުކުރާތަކެއްޗެވެ. އެގޮތުން ސަބްމެރިން ސޯސްއަކީވެސް އެކި މީހުން ތަފާތު ގޮތަކަށް ތައްޔާރުކޮށްފާނެ ބާވަތެކެވެ.

ސަބްމެރިން ސޯސް އަކީ ސަބްމެރިން ތައްޔާރުކުރާއިރު ނޫނަސް ބޭނުންކުރެވިދާނެ ސޯސްއެކެވެ. އެގޮތުން ސޭންޑްވިޗް ފަދަ ތަކެތި ތައްޔާރުކުރާއިރުން ބޭނުންކުރުމުންވެސް އޭގެ ރަހަ އިތުރަށް ފުރިހަމަވެއެވެ.

ބޭނުންވާނެ ތަކެތި:

  • 3 ކުކުޅު ބިހުގެ ހުދު ބައި
  • 2 ލޮނުމެދު
  • 2 ސ ސަމްސާ މާމުއި
  • 2 ސ ސަމްސާ މަސްޓަޑް ކްރީމް
  • ކުޑަ ލޮނު ކޮޅެއް
  • 1 މޭޒުމަތީ ސަމްސާ ވިނިގަރ
  • 1 ޖޯޑު ތެޔޮ (ވެޖިޓަބަލް ތެޔޮ/ ސަންފުލާވަރ ތެޔޮ ނުވަތަ އޮލިވް އޮއިލް)
  • 1 ސ ސަމްސާ މުގުރި އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ މިކްސަރަކަށް ބިހުގެ ހުދުބައި، ލޮނުމެދު، މާމުއި، ލޮނު އަދި މަސްޓަޑް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ވިނިގަރ އަޅާ އަނެއްކާވެސް ގިރާލުމަށްފަހު ތެޔޮފޮދުގެ އެއްބައި އަޅާ ރަނގަޅަށް ގިރާލާށެވެ. އަދި ބާކީ ހުރި ތެޔޮފޮދާ އަސޭމިރުސް ޕައުޑާކޮޅުވެސް އަޅާ 5 ވަރަކަށް ސިކުންތުވަންދެން އަނެއްކާވެސް ގިރާލާށެވެ. ރަނގަޅަން ހުރިހާއެއްޗެއް އެކުވެ ގިރުނީމަ އެ ހުރީ ސަބްމެރިން ސޯސް ތައްޔާރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355