ސިނަމަން ރޯލްސް އަކީ ރޯދަ ވީއްލާގަޑިއަށް ކާލަން ތައްޔާރުކޮށްލެވިދާނެ މީރު ފޮނި އެއްޗެކެވެ.
ތާފަނާ ފެން ތައްޓަކަށް އެޅުމަށްފަހު އޭގެ ތެރެއަށް ޔީސްޓް އަޅާފައި ގިރެންދެން ބަހައްޓާށެވެ. އެހެން ތަށްޓަކަށް ހަކުރާއި ބަޓާއާއި ލޮނާއި ބިހާއި ފުއް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އޭގެ ތެރެއަށް ކުރިން ތައްޔާރުކުރި ޔީސްޓް އަޅާ ހުރިހާއެއްޗެއް އެއްކޮށްލާށެވެ. އެއަށްފަހު މަތި ބަންދުކޮށް ފުށްގަނޑު ބޮޑުވަންދެން ގާތްގަނޑަކަށް 1 ގަޑިއިރު ނުވަތަ ރަނގަޅަށް ފުއްގަނޑު ފުފެންދެން ބާއްވާލާށެވެ. ފުއްގަނޑު ރަނގަޅަށް ފުފުމުން 18 އިންޗި އާއި 12 އިންޗި ހުންނަވަރަށް ދަމާލާށެވެ. ބޯމިނުގައި ¼ އިންޗި ހުންނަ ވަރަށެވެ.
ސިނަމަން ރޯލްސް ފިލިންގް ހެދުމަށް ބަޓާ އާއި ބްރައުން ޝުގާ އަދި ސިނަމަން ތައްޓަކަށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު ކެފި ފުއްގަނޑުގެ މަތީގައި އެއްކުރި ފިލިންގްސް ހާކާލާށެވެ. ބޭނުންނަމަ އޭގެ މަތީގައި ވިރުވާފައި ހުރި ބަޓަރު އުނގުޅުމަށްފަހު ހަކުރާއި ފޮނިތޮށި ފުށްގަނޑުގެ މައްޗަށް ބުރުވާވެސް ލެވިދާނެއެވެ.
ދިގު މިނުގައި 18 އިންޗި ހުރި ދިމާއިން ރޯލުކޮށްލާށެވެ. އެއަށްފަހު 1 ½ އިންޗިއަށް ސްލައިސްކޮށް ވާނެހެން ކާފާލާށެވެ. ދެން ޓްރޭގެ ތެރޭގައި ސިނަމަން ރޯލް ފޮތިތައް އަތުރައި 30 މިނިޓް ވަންދެން ނުވަތަ ފުފެންދެން ބަހައްޓާށެވެ. އެއަށްފަހު އަވަނަށްލާ 250 ޑިގްރީސެލްޝިއަސްގައި 20 މިނެޓް ވަންދެން ފިހެލާށެވެ. ގަދަ މުށި ކުލަ އަރަންދެންނެވެ.
ބަޓާ އާއި އައިސިން ޝުގާ އާއި ލޮނު އަދި ވެނީލާ އެސެންސް ރަނގަޅަށް އެއްކޮށްލާށެވެ. އޭގެ ތެރެއަށް ކްރީމް ޗީޒް ކޮޅު އަޅާ އެއްކޮށްލާށެވެ. ކްރީމް ޗީޒް އަޅާނީ ފަހަރަކު ސަމަސަލަކުން އަޅައި ރަނގަޅަށް ތައްޔާރު ވަންދެނެވެ. އަދި ސިނަމަން ރޯލުތައް ފިހެވުމުން ހިހޫ ކުރުމަށަފަހު އޭގެ މަތީގައި ކްރީމް ޗީޒް ލޭޔާ ފަތުރާލާށެވެ.