twitterviber whatsapp telegramfacebookyoutube instagram
5th May 2024

ކޭއޯ ރޯދަ ބަދިގެ: ޕެންޑަން ޕޭން ކޭކް

ނަބީލާ އިސްމާޢީލް
Mar 26, 2023

ޕެންޑަން ޕޭން ކޭކަކީ ރޯދަވީއްލާގަޑީގައި ކާލަން ވަރަށް ފައްސޭހައިން ހަދާލެވިދާނެ ފޮނި ބާވަތެކެވެ.

އެހެން ރޯދަމަސްތަކާއި ހިލާފަށް މި ރޯދަ މަހު ވީހާވެސް މަދުން ކާތަކެތި ތައްޔާރުކޮށް އިސްރާފުކުރުން އެކޮށްހެން ނައްތާލާ، ބާކީވެފައި ހުންނަ ކާނާ ރައްކާކޮށް އެހެންފަހަރަކުން ބޭނުންކުރެވޭނެ ކަހަލަ ގޮތަކަށް ރާވަންވާނެ އެވެ.

ބޭނުންވާނެ ތަކެތި:

  • 3 ޖޯޑު ރާނބާ ފަތް
  • 1/2 ޖޯޑު ކާށި ކިރު
  • 2 މޭޒުމަތީ ސަމްސާ ފެން
  • 1 ޖޯޑު ފުއް
  • 1/2 2 ސ ސަމުސާ ބޭކިން ޕައުޑަރ
  • 5 ބިސް
  • 1/3 ޖޯޑު ހަކުރު
  • 2 ބިހުގެ ގޮބޮޅި
  • 1/2 ޖޯޑު ތެޔޮ

ތައްޔާރުކުރާނެ ގޮތް:

ރާނބާ ފަތް ކޮޅާއި، ކާށި ކިރާއި ފެން، މިކްސްޗަރަށް އަޅާ ރަނގަޅަށް ގިރާލުމަށް ފަހު ފުރާނާލާށެވެ. އެއަށް ފަހު ބިހާއި ހަކުރު އަދި ތެޔޮ އެއްކޮށް ރަނގަޅަށް ގިރާލާށެވެ. ދެން ފުށާއި ބޭކިން ޕައުޑަރ އެއްކޮށްލުމަށް ބިހާއި ހަކުރު ގެ މިކްސް އަށް އަޅަމުންގެންދާށެވެ. އަދި މީގެ ތެރެއަށް ކުރިން ހެދި ރާނބާ ފަތް ކިރު ކޮޅު ވެސް އެއްކޮށްލައި ރަނގަޅަށް ގިރާލާށެވެ.

ތަތްނުލާ ތަވައެއްގެ ތެރެއަށް ތެޔޮފޮދެއް ނުވަތަ ބަޓަރު އެޅުމަށްފަހު ހޫނު ކުރާށެވެ. ގާތްގަނޑަކަށް 2 މިނެޓު ހޫނު ކުރަން ޖައްސާފައި ބައިންދާށެވެ. އުނދުޅިއެއް ނުވަތަ ބޭނުންވާވަރު ބޮޑު ސަމުސަލެއް ބޭނުންކޮށްގެން މިކްސް ކުރި ތަކެތިން ތަވައަށް ފަހަރަކު ބައެއް ފިހަން ލާށެވެ. އުނދުޅިއެއް ނުވަތަ ބޮޑު ސަމުސަލެއް ބޭނުން ކުރުމުން ސައިޒުން އެއްވަރުގެ ޕޭން ކޭކް ތައްޔާރު ކުރެވޭނެ އެވެ. ތަވައަށް މިކްސް އެޅުމަށްފަހު މަޑުމަޑުން ވައްކޮށް ފަތުރައިލާށެވެ.

ތަވައަށް ލާފައި ހުރި މިކްސް ރަނގަޅަށް ފިހެވެން ދެން ބަހައްޓާށެވެ. ގާތްގަނޑަކަށް 3 މިނެޓު ނުވަތަ މިކްސްގެ މައްޗަށް ބޮކި އަރަންދެން ފިހެލާށެވެ.

ބޮކި ޖެހުން ހުއްޓުމާއެކު ޕޭން ކޭކް އަނެއް ފަޅިއަން ޖަހަން ޖެހޭނެ އެވެ. މި ފަޅި ވެސް ރަންކުލައެއް އަރަންދެން ފިހެލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355