twitterviber whatsapp telegramfacebookyoutube instagram
5th October 2026

ނޮޅިވަރަންފަރު ރޯހައުސްތަކަށް ކުރިމަތިލާން ހުޅުވާލައިފި، 25 ގެ ރަށުން ބޭރު މީހުންނަށް

އަބްދުލް ވާހިދު ޙަސަން
Mar 28, 2023

ހދ ނޮޅިވަރަންފަރުގައި ސަރުކާރު އިމާރާތްކުރި 100 ހައުންސިންގ ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ. 100 ޔުނިޓްގެ ތެރެއިން 25 ޔުނިޓް ހާއްސަކޮށްފައިވަނީ އެރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެން ރަށްރަށުގެ ރައްޔިތުންނަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދައުލަތުގެ ބަޖެޓުން 53.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ފެށި އެ މަޝްރޫއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ފެށި މަޝްރޫއު އެކެވެ.

ނޮޅިވަރަންފަރުގެ ރައްޔިތުންނަށް ހާއްސަކުރެވިފައިވާ 75 ހައުސިން ޔުނިޓެވެ. އެއީ އޭ ކެޓަރީންނެވެ. ބީ އެޓަގަރީއަކީ އެރަށަށް ބަދަލުވާ ބޭނުންވާ އެހެން ރަށްރަށުގެ މީހުން ދޫކުރާ 25 ހައުންސިންގ ޔުނިޓެވެ.

ޝަރުތުތައް ހަމަވާ ފަރާތްތަކުން ފޯމު ފުރިހަމަކުރެއްވުމަށްފަހު 30 އެޕްރީލް 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން އެރަށު ކައުންސިލް އިދާރާއަށް ހުށައަޅަން ޖެހެ އެވެ. އީމެއިލް ކުރަން ބޭނުންވާ ފަރާތްތަކުން މެއިލްކުރާނީ:[email protected] އަށެވެ.

ސްޕީޑް ލޯންޗެއްގައި ކުޅުދުއްފުށިން ފުރައިގެން 15 ވަރަކަށް މިނެޓްތެރޭގައި ދެވާހާ ކައިރީގައިވާ ނޮޅިވަރަންފަރަކީ ތަރައްގީގެ ގޮތުގައި ފާހަގަކޮށްލެވޭ ރަށެވެ. މިރަށުގެ އެންމެ ހާއްސަކަމަކީ ހިތްގައިމު ބޮޑު ރީތި ގޮނޑުދޮށާއި މޫދާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293