twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީގައި ބާއްވަން ހަމަޖެއްސި ވިއަވަތި މަހާސިންތާ ހަނިމާދުއަށް ބަދަލުކޮށްފި

އަބްދުލް ވާހިދު ޙަސަން
Mar 31, 2023
3

ކުޅުދުއްފުށީގައި ބާއްވަން ނިންމި ވިއަވަތި ރާއްޖެ މަހާސިންތާ ހަނިމާދޫއަށް ބަދަލުކޮށްފި އެވެ. މިދިޔަ އަހަރު ސެޕްޓެމްބަރުމަހު ލ ގަމުގައި ބޭއްވި ތިންވަނަ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވާހަކަދައްކަވަމުން ވިދާޅުވީ، ހަތަރުވަނަ ވިއަވަތި މަހާސިންތާ އޮންނާނީ ކުޅުދުއްފުށީގަ އެވެ.

އޭރު ރައީސް ވިދާޅުވީ، މި މަހާސިންތާ ބާއްވަނީ ޖެނުއަރީގައި ކަމަށެވެ. އެހެންނަމަވެސް ފަހުން ފެބުރުއަރީގައި ބާއްވާގޮތަށް ބަދަލުކޮށް އެކަން ސިޓީ ކައުންސިލަށް އެންގިވެސްމެވެ. އެކަމަކު ފެބުރުއަރީމަސްވެސް ދިޔައީ ނުބޭއްވި އެވެ. އެހެން އޮތްވާ ކުއްލިއަށް ސަރުކާރުން އިއުލާންކުރެއްވީ ހަތަރުވަނަ މަހާސިންތާ އޮންނާނީ ހަނިމާދޫގައި ކަމަށެވެ.

ކުޅުދުއްފުށީގައި ބާއްވަން ނިންމި މި މަހާސިންތާ ހަނިމާދޫގައި ބާއްވަން ހަމަޖެއްސީ ކީއްވެކަމެއް ސަރުކާރުން ހާމައެއްނުކުރެ އެވެ. ހަތަރު މަހާސިންތާ ކުރިއަށްދާނެކަން ސަރުކާރުން މިހާރު ހާމަކޮށްފައިވަނީ މޭމަހުގެ 12 - 14 އަށެވެ.

ވިއަވަތި ރާއްޖެ މަހާސިންތާއަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރާ ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސް ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމަށް ބާއްވަމުން އަންނަ މަހާސިންތާއެއްކަމަށް ސަރުކާރުން ބުނެ އެވެ.

އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަންފާ ކައުންސިލުތަކާއި އެސިޓީއެއް، އަތޮޅެއް ނުވަތަ ރަށެއްގެ ރައްޔިތުންނަށް ލިބިގެންދާގޮތަށް އެ ނިޒާމު ބަދަލުކުރެއްވުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކާއެކު އިދާރީ ގޮތުންނާއި މާލީ ގޮތުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް، ތަންފީޒުކުރުމުގެ ކަންކަން ކުރިއަށްދާގޮތް ގާތުން ބެލެވުމާއި އެކަމުގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަކީވެސް މި މަހާސިންތާގެ މަގުސަދެއްކަމަށް ސަރުކާރުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355