twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިފައި، ކަރަންޓް ދެވޭނެ ވަގުތެއް ނޭނގޭ

އަބްދުލް ވާހިދު ޙަސަން
Apr 1, 2023

ކުޅުދުއްފުށީގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑި ގިނަ ވަގުތުތަކެއް ވެއްޖެ އެވެ. އެންމެ ފުރަތަމަ ކަރަންޓް ކެނޑުނީ މިއަދު ހަވީރު 4:30 އެހާއިރު މުޅި ރަށުންނެވެ. އެއަށްފަހު ބައެއް ސަރަހައްދުތަކަށް ކަރަންޓް އަލުން ފޯރުކޮށްދެވުނީ ހަވީރު 6:15 ހާއިރު އެވެ.

އެކަމަކު އަދިވެސް ރަށުގެ ބޮޑު ސަރަހައްދަކުން ކަރަންޓްގެ ހިދުމަތް ވަނީ ކެނޑިފަ އެވެ. ކަރަންޓް ކެނޑުނީ ދެ ނަމްބަރު ސަބް ސްޓޭޝަންގެ ޓްރާންސްފޯރަމް ހަލާކުވުމުގެ ސަބަބުންނެވެ. ކަރަންޓް ކެނޑުނު ސަބަބު ދެނެގަތުމަށްވެސް ގިނަ ވަގުތުތަކެއް ނެގި އެވެ. ކަރަންޓް މިހާރު ފޯރުކޮށް ނުދެވި ވަނީ ދެ ނަންބަރު ސަބް ސްޓޭޝަނުން ކަރަންޓް ފޯރުކޮށްދީފައިވާ ގޯތިތަކަށެވެ. އެއީ ރަށުގެ އިރު ދެކުނު ސަރަހައްދެވެ.

އެ ސަބް ސްޓޭޝަނުން ކަރަންޓް ފޯރުކޮށްދޭ ގާތްގަނޑަށް 300 އަށްވުރެގިނަ ގޯތި ހިމެނެ އެވެ. ފެނަކައިގެ އޮފިސަރަކު ކޭއޯއަށް ވިދާޅުވީ، އެ ސަރަހައްދުގައި އާ ޓްރާންސްފޯމަރެއް ބެހެއްޓުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އެކަމަކު އާ ޓްރާސްފޯމަރެއް ބަހައްޓައިގެން ކަރަންޓް ދެވެނީ މާދަމާގެ ވަގުތެއްގައި ކަމަށާ އެހެންވުމުން ވަގުތީ ހައްލެއް ގެނެވޭތޯ މަސައްކަތްކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ، ކޭބަލު އަޅައިގެން ވަގުތީ ގޮތުން ކަރަންޓް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެކަމަކު ކަރަންޓް ފޯރުކޮށްދެވޭނެ ވަގުތެއް ނޭނގޭ ކަމަށެވެ. ކަރަންޓް ފޯރުކޮށްދެވޭނެ ވަގުތެއް ހޯދަން ތަކުރާރުކޮށް ސުވާލުކުރުމުންވެސް އެކަމަށް ސީދާ ޖަވާބެއް ނުދެއްވި އެވެ.

"މި ދެ މަސައްކަތަކީވެސް ވަރަށް މަސައްކަތް. ގިނަ ވަގުތު ނަގާނެ މިކަމުގަ. އެހެންވެ ކަރަންޓް ދެވޭނެ ވަގުތެއް ބުންނަށް އަދި ނޭނގޭ." ފެނަކަ

އޮފިސަރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވަގުތީ ކޭބަލު އަޅައިގެން މިރޭ ބޮޑު ސަރަހައްދަކަށް ކަރަންޓް ދެވޭނެކަމަށް އުންމީދުކުރާކަމަށާއި އެ ސަރަހައްދުގައި އަޅަނީ 180 ގެ ފަލަ ކޭބަލް ކަމަށެވެ. އެއީ ވަރަށް ގިނަ ވަގުތު ނަގާނެ ވަރަށް ބައިވަރު މަސައްކަތްކަމަށް އޮފިސަރު ވިދާޅުވި އެވެ. އެކަމަކުވެސް ކަރަންޓް މައްސަލަ ހައްލުކޮށް ވީހާވެސް އަވަހަކަށް އެ ސަރަހައްދަށް ކަރަންޓް ފޯރުކޮށްދެވޭތޯ މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355