twitterviber whatsapp telegramfacebookyoutube instagram
25th June 2025

އާ ޓްރާންސްފޯމަރެއް ބަހައްޓާ، ލަފާކުރި މުއްދަތަށްވުރެ އަވަހަށް ކަރަންޓް މައްސަލަ ހައްލުކޮށްފި

އަބްދުލް ވާހިދު ޙަސަން
Apr 3, 2023
2

އާ ޓްރާންސްފޯމަރެއް ބަހައްޓާ، ލަފާކުރި ވަރަށްވުރެ އަވަހަށް ކަރަންޓްގެ މައްސަލަ ފެނަކަ އިން ހައްލުކޮށްފި އެވެ. މައްސަލަ ޖެހުނީ ދެ ނަންބަރު ސަބްސްޓޭޝަންގައި ޓްރާންސްފޯރުގައި އެވެ. 500 ކިލޯވޯޓްގެ އެ ފޯމަރު ހަލާކުވެ މުޅި ރަށުން ކަރަންޓް ދިޔައީ މިދިޔަ ހޮނިހިރު ދުވަހު ހަވީރު 16:30 ހާއިރު އެވެ.

ފަހުން ކަރަންޓް ދެވުނީ 18:15 ހާއިރު އެވެ. އެކަމަކު އެ ޓްރާންސްފޯމަރުން ކަރަންޓް ފޯރުކޮށްދޭ 300 އެއްހާ ގޭބިސީތަކަށް ކަރަންޓް ފޯރުކޮށްދެވުނީ އެ ރޭގެ މެންދަމު 2 ޖެހިފަހުންނެވެ. އާދިއްތަ ދުވަހުވެސް ލޯޑްބޮޑުވި ގަޑިތަކުގައި ދިޔައީ ރަށުގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކަނޑަމުންނެވެ. އަދި އެމަސައްކަތް މުޅިން ހައްލުވާން ތިން ދުވަސްވަރު ނަގާނެކަމަށް އޭރު ބެލެވުނެވެ.

ފެނަކަގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ، އެ ސަރަހައްދުގައި ބެހެއްޓީ އަލަށް ގެނެވުނު 1000 ކިލޯވޯޓްގެ ޓްރާންސްފޯމަރެއް ކަމަށެވެ. އަދި މިހާރު ކަރަންޓްގެ މައްސަލަ ހައްލުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މައްސަލަ އަވަހަށް ހައްލުކުރުމުގައި މުވައްޒަފުންގެ ބުރަ މަސައްކަތް ފާހަގަކުރާ ކަމަށެވެ. ލަފާކުރި މުއްދަތަށްވުރެ އަވަހަށް މަސައްކަތް ނިމުނީ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށް އޮފިޝަން ވިދާޅުވި އެވެ.

ތަފްސީލް އަންނަނީ--

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355