twitterviber whatsapp telegramfacebookyoutube instagram
5th May 2024

ކޭއޯ ރޯދަ ބަދިގެ: ޗީޒީ ޗިކަން ރޯލްސް

ނަބީލާ އިސްމާޢީލް
Apr 5, 2023

ބޭނުންވާ ތަކެތި:

  • 1 ޖޯޑު ބޯންލެސް ޗިކަން (ފެނުކައްކާ، ކުދިކޮށް ކޮށާފައި)
  • 2 މ ސަމުސާ މަޔޮނައިސް
  • ½ 1 މ ސަމުސާ އަސޭމިރުސް
  • ¼ މ ސަމުސާ ތެޅި މިރުސް
  • 1 ސ ސަމުސާ ލޮނުމެދު ޕޭސްޓް
  • ½ މ ސަމުސާ ފިޔާ (ޗަސްކޮށްފައި ހުރި)
  • 2 މ ސަމުސާ ކެޕްސިކަމް (ކުދިކޮށް ކޮށާފައި)
  • 1 ޖޯޑު މޮޒަރެއްލާ ޗީޒް
  • ރަހަލާވަރަށް ލޮނު
  • 1 ޖޯޑު ޕާންކުނޑި
  • 4 ބިސް
  • 1 މ ސަމުސާ މިކްސްޑް ހާރބްސް
  • 10-12 ޕާން ފޮތި

ތައްޔާރުކުރާނެ ގޮތް:

ތަށްޓަކަށް ކުކުޅުކޮޅު، މަޔޮނައިސް، އަސޭމިރުސް، ތެޅި މިރުސް، ލޮނުމެދު، ފިޔާ، ލޮނު، ކެޕްސިކަމް އަދި ޗީޒްކޮޅު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެހެން ތަށްޓެއްގައި ބިސް، މިކްސްޑް ހާރބްސް، ލޮނު އެއްކުރުމަށް ފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.

ޕާން ފޮތިތަކުގެ ކައިރި ނެގުމަށްފަހު ރޮށި ދަމާ އެއްޗެއް ބޭނުންކޮށްގެން ޕާން ފޮތިތައް ދަމާލާށެވެ. މި ޕާންފޮތީގެ މައްޗަށް ކުރިން ތައްޔާރުކުރި ފިލިންގް އެޅުމަށްފަހު ޕާންފޮތި ރޯލްވާގޮތަށް އޮޅާލުމަށްފަހު ފެންފޮދެއް ބޭނުންކޮށްގެން ޕާންރޯލްގެ ދެ އަރިމަތި ބައްދާލާށެވެ. ދެން ކުރިން ތައްޔާރުކުރި ބިސް އެއްޗަށް ލުމަށްފަހު ޕާން ކުނޑި އަށްލާށެވެ. ތެލުލަން ބޭނުންނަމަ ރޯލްތަކަށް ރަންމުށިކުލަ އަރަންދެން ތެލުލާން ވާނެއެވެ.

ފިހަން ބޭނުންވާނަމަ ޓްރޭއެއްގައި ރަނގަޅަށް ބަޓަރު ހާކައި ރޯލްތައް މިޓްރޭގައި އަތުރާލުމަށްފަހު ރޯލް ތަކުގައި ވެސް ކުޑަ ތެޔޮކޮޅެއްް ނުވަތަ ބަޓަރުކޮޅެއް ހާކާލާށެވެ. އަވަން 180 ޑިގްރީ ސެލްސިއަސްގައި ހޫނުކުރުމަށްފަހު މި ރޯލްތައް 10-12 މިނެޓްވަންދެން އަވަންގައި ފިހެލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355