twitterviber whatsapp telegramfacebookyoutube instagram
6th June 2025

ކޮރަލްސް މަސްރޭހުގައި މި ފަހަރު 25 ޓީމަކުން ބައިވެރިވެއްޖެ

ނަބީލާ އިސްމާޢީލް
Apr 13, 2023

ކުލަބް ކޮރަލްސް އިން އިންތިޒާމުކޮށްގެން ބާއްވާ "ފާރޮށި ބޭކަރީ ކޮރަލްސް މަސްރޭސް" ގައި މި އަހަރު 25 ޓީމަކުން ބައިވެރިވެއްޖެ އެވެ.

ކުޅުދުއްފުށީ އޮފީސް އަދި ކުންފުނިތަކުގެ މުވައްޒަފުންނަށް ހުޅުވާލައިގެން އެ ކުލަބުން ބާއްވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ދެވަނަ އީދު ދުވަހު އެވެ. މި ރޭހުގައި އަންހެން އަދި ފިރިހެންގެ އިތުރުން ދެ ޖިންސް އެކުގައިވެސް ޓީމުތަކަށް އޮތީ ބައިވެރިވެވޭ ގޮތަށެވެ.

މި މުބާރާތުގެ ކޯޑިނޭޓަރ އަމްޖަދު ހަސަން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ ރޭހުގެ 1 ވަނަ އަށް ހޮވޭ ފަރާތަކަށް 7000 ރުފިޔާ، 2 ވަނަ އަށް ހޮވޭ ޓީމަކަށް 3000 ރުފިޔާ އަދި 3 ވަނަ އަށް ހޮވޭ ޓީމަކަށް 1500 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހެޅިފަ ކަމަށެވެ.

މުބާރާތުގެ 1،2،3 ވަނައިގެ އިތުރުން އެންމެ ގިނަ މަސްބާނާ ފިރިހެން ބައިވެރިޔާ (ފިރިހެން ކެޔޮޅު)، އެންމެ ގިނަ މަސްބާނާ އަންހެން ބައިވެރިޔާ (އަންހެން ކެޔޮޅު)، އެންމެ ބަރު މަސް ބާނާ ބައިވެރިޔާ އަދި އެންމެ ބޮޑު މަސްބާނާ ބައިވެރިޔާ ހޮވުމަށް ހަމަޖެހިފައިވާކަމަށް އަމްޖަދު ބުންޏެވެ.

މިއީ ކުލަބް ކޮރަލްސްއިން މަސްރޭސް ކުރިއަށްގެންދާ ދެވަނަ ފަހަރެވެ. އެ ކުލަބުން މި މުބާރާތް ފުރަތަމަ ފަށާފައިވަނީ މިދިޔަ އަހަރުގެ ކުޑައީދުގައެވެ. އެ އަހަރު މި ރޭހުގައި ވަނީ 22 ޓީމަކުން ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355