twitterviber whatsapp telegramfacebookyoutube instagram
5th October 2026

244 ސްކޫލެއްގައި އޯލެވެލް އާއި އެސްއެސްސީ އިމްތިޙާނު ފަށައިފި

ނަބީލާ އިސްމާޢީލް
Apr 25, 2023

މިއަހަރުގެ ޖީސީއީ އޯލެވެލް އާއި އެސްއެސްސީ އިމްތިހާނު 244 ސްކޫލެއްގައި މިއަދު ފަށައިފި އެވެ. ރާއްޖޭގެ އެކި ސެންޓަރުތަކުން 6600 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިނިސްޓްރީން ބުނެފައިވަނީ މިއަހަރުގެ އޯލެވެލް އިމްތިހާނުގައި 6698 ދަރިވަރުން އަދި އެސްއެސްސީ އިމްތިހާނުގައި 6107 ދަރިވަރުން ބައިވެރިވާކަމަށާއި އިމުތިހާނުތަކަށް ބޭނުންވާ ޕޭޕަރުތައް ސެންޓަރުތަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

ޖީސީއީ އޯލެވެލް އާއި އެސްއެސްސީ އިމްތިހާނުގައި މި އަހަރު ކުޅުދުއްފުށީ ސްކޫލުތަކުގައި 258 ދަރިވަރުން އިމްތިހާނު ހަދާނެ އެވެ. އެއީ އަފީފުއްދީން ސްކޫލުގައި 73 ދަރިވަރުންގެ އިތުރުން ހދ އަތޮޅު ތައުލީމީ މަރުކަޒުގައި 49 ދަރިވަރުން އަދި ޖަލާލުއްދީން ސްކޫލުގައި 68 ދަރިވަރުންނެވެ. ޖަލާލުއްދީން ސްކޫލުގައި އިމްތިހާނު ހަދާ ދަރިވަރުންގެ ތެރޭގައި ޖަލާލުއްދީން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ އިތުރުން ޕްރައިވެޓް 15 ދަރިވަރުން މި އަހަރު އިމްތިހާނު ހަދާނެ އެވެ.

އެސްއެސްސީ އިމްތިހާނުގައި މިއަދު އޮންނާނީ އިސްލާމް އިމްތިހާނުގެ ފުރަތަމަ ކަރުދާހެވެ. އަދި މާދަމާ އޮންނާނީ އިސްލާމް ކަރުދާސް 2 ކަމުގައި އެޑިއުކޭޝަނުން ބުނެ އެވެ. އިމްތިހާނުގެ ގަޑިއަކީ ހެނދުނު ދަންފަޅި 9:00 އެވެ. ދަރިވަރުން އިމްތިހާނު ހޯލަށް އިމްތިހާނު ފެށުމުގެ 30 މިނެޓު ކުރިން ހާޒިރުވާންވާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ އަންގާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293