twitterviber whatsapp telegramfacebookyoutube instagram
29th October 2026

އޭޝިއާ ޔޫތު މުބާރާތް: 100 މީޓަރު ދުވުމުން އަހްނާ ސެމީއަށް!

މުޙައްމަދު އަހުމަދު
Apr 28, 2023

އިއްޔެ އުޒްބެކިސްތާނުގެ ޓަޝްކެންޓްގައި ފެށި އޭޝިއާގެ ޔޫތު މުބާރާތުގެ 100 މީޓަރު ސްޕްރިންޓުގެ ސެމީ ފައިނަލަށް ރާއްޖޭގެ ގައުމީ އެތްލީޓް ކުޅުދުއްފުއްޓަށް އުފަން އަހްނާ ނިޒާރު ދަތުރުކޮށްފި އެވެ.

ކުޅުދުއްފުށީގެ އެތްލީޓް އަހްނާ މިވަގުތު އަންނަނީ ގައުމީ ޓީމުގައި ހިމެނި އޭޝިއާގެ ޔޫތު މުބާރާތުގައި ވާދަކުރަމުންނެވެ. ޝަރީފް ސްޕޯޓްސްއިން ތަމްރީނުވަމުން އައި އަހްނާގެ ބައިނަލްއަގްވާމީ ކެރިއަރުގައި އޭނާ މިވަނީ ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދާފަ އެވެ.

މިމުބާރާތުގެ 100 މީޓަރު ދުވުމުގައި އަހްނާ އިއްޔެ ވާދަކުރިއިރު އޭނާ ދުވެފައިވަނީ ހީޓު 1 ގަ އެވެ. ޖުމްލަ 7 އެތްލީޓުންނާއި ވާދަކޮށް އަހްނާ ރޭސް ނިންމީ 4 ވަނައިގަ އެވެ. އޭނާ ދުވީ 12.93 ސިކުންތުންނެވެ. މި ހީޓުގެ އެއްވަނައަށް ދިޔަ ހޮންކޮން ޗައިނާގެ އެތްލީޓު ލިޒް ޓީސްޒް ރޭސް ނިންމީ 12.35 ސިކުންތުންނެވެ.

މިމުބާރާތަކީ މިއަހަރު ވާދަކުރާ ދެވަނަ ބައިނަލްއަގްވާމީ މުބާރާތަށް ވާއިރު 15 އަހަރުގެ އެތްލީޓް ވަނީ ފެބްރުއަރީ މަހު އޮތް އޭޝިއަން އިންޑޯ އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކޮށް ކުރިއެރުން ހޯދާފަ އެވެ.

މުބާރާތަކަށް ފަހު މުބާރާތެއްގައި އަހްނާގެ ފަރާތުން ރަނގަޅު ކުރިއެރުމެއް ފެންނަމުން އަންނައިރު އަހްނާއަކީ މިވަގުތު ރާއްޖޭގައި ތިބި އެންމެ ބާރު އަންހެން ދުވުންތެރިންގެ ތެރޭގައި ގުނާލެވޭ މޮޅު އެތްލީޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293