twitterviber whatsapp telegramfacebookyoutube instagram
3rd May 2024

މިއީ ރާއްޖޭގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް: ރައީސް

އަބްދުލް ވާހިދު ޙަސަން
Apr 29, 2023

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު ނިންމި ނިންމުމަކީ ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، މި ނިންމުމާ ގުޅިގެން ރޭ ރައީސް އޮފީހުގައި ބޭއްވެވި ކެބިނެޓުގެ ކުއްލި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވިގޮތުގައި، މިއީ ރާއްޖެއިން ވަކާލާތު ކުރަމުންދާތާ އެތައް އަހަރެއްވީ މައްސަލައެކެވެ. އަދި މިއީ ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދު ކަނޑައެޅިގެން ދިޔަ ވަރަށް ތާރީހީ ނިންމުމެކެވެ.

ސަރުކާރުން މިކަމުގައި އިސްކުރީ ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ މަސްލަހަތުކަމަށާއި އަދި މި މައްސަލައިގައި ހަގީގަތް އޮޅޭގޮތަށް ބައެއް ފަރާތްތަކުން މައުލޫމާތު ފެތުރިކަމުގައިވިޔަސް، މައްސަލަ ނިމިގެން ދިޔަ ގޮތުން ކަމުގެ ހަގީގަތް ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވެގެން ހިނގައްޖެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައްސަލަ ނިމުމާ ގުޅިގެން، މިކަމާ ގުޅޭގޮތުން ކުރިއަށް އޮތްތަނުގައި ވަކިވަކި މިނިސްޓްރީތަކުން ކުރަން ޖެހޭ ކަންކަމާ ބެހޭގޮތުންވެސް ރޭގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވިކަމަށް ރައީސް އޮފީހުން މައުލޫމާތުދެއްވަ އެވެ. އެގޮތުން ރާއްޖޭގެ ދެކުނުން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން އަލަށް ކަނޑައެޅުމާ ގުޅިގެން، ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި އެ ސަރަހައްދު ބެލެހެއްޓެވުމަށް ކަމާ ގުޅުން ހުރި އިދާރާތަކުން ކުރިއަށްގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355