twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ފުލުހުންނާއި ސިފައިންގެ މުސާރަވެސް ބޮޑުކުރަނީ

ނަބީލާ އިސްމާޢީލް
Apr 29, 2023
2

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު އެކަން ހާމަކުރެއްވީ ދިވެހި ފުލުހުންގެ 90 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ހުޅުމާލެ ސިންތެޓިކް ޓްރެކުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ އެންމެ މުހިންމު ކަމަކީ ދައުލަތުގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސައިދިނުން ކަމަށެވެ.

އެގޮތުން، ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް، މިދިޔަ އަހަރުގެ ތެރޭގައި ހެޔޮ ބަދަލެއް ގެންނެވި އިރު، މަތީ ތައުލީމު ދޭ ސަރުކާރުގެ މުއައްސަސާތަކުގެ ލެކްޗަރާއިންގެ މުސާރައަށްވެސް މިދިޔަ މާރިޗު މަހުން ފެށިގެން ހެޔޮ ބަދަލެއް ގެންނަވާފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި އަންނަ މޭ މަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

”އަޅުގަނޑުމެން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ މުސާރައަށް ވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހެޔޮ ބަދަލެއް ގެނެސްދޭނަން. އެކަމާ ބެހޭ ދިރާސާތައް، ޕޭ ކޮމިޝަނުން މިހާރު އެ އަންނަނީ ކުރަމުން،” ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ފުލުހުންނާއި ސިފައިންނަށްވެސް އޮތް ބޯހިޔާވަހިކަމުގެ ދަތިކަމުގެ ތެރެއިން ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ފަށާފައިވާ “ބްލޫ ހައުސިން ސްކީމް”ގެ ދަށުން ހަދާ ފުލެޓުތައް ނިމިގެން ހަވާލުކުރާއިރު ފުލެޓުތަކުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355