twitterviber whatsapp telegramfacebookyoutube instagram
24th April 2024

މެޑިކަލް އިންޓާންޝިޕް ހަދާ ފަރާތްތަކަށް އެލަވަންސެއް ދޭން ނިންމައިފި

ނަބީލާ އިސްމާޢީލް
Apr 30, 2023

މެޑިކަލް އަދި ޑެންޓަލް އިންޓާންޝިޕް ފުރިހަމަކުރާ ފަރާތްތަކަށް އިންޓާން އެލަވަންސެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

މިކަން އިއުލާން ކުރީ މިއަދު ހެނދުނު ރައީސް ސޯލިހު ދެއްވެވި ވީޑިއޯ ހިތާބެއްގައެވެ.

މި ހިޓޯބުގައި ރައީސް ވިދާޅުވީ މެޑިކަލް އަދި ޑެންޓަލް އިންޓާން ޝިޕް ފުރިހަމަ ކުރާ މީހުންނަށް އެލަވަންސެއް ދިނުމަށް ނިންމީ ސިއްހީ ދާއިރާއިން ދިވެހިން އިތުރަށް ބިނާކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ. "މެޑިކަލް އަދި ޑެންޓަލް އިންޓަރން ޝިޕް ފުރިހަމަ ކުރާ ބޭފުޅުންނަށް އިންޓަރން އެލެވަންސެއް ދިނުމަށް އަޅުގަނޑުމެން ނިންމައިފިން. ރޭޑިއޭޝަން ތެރަޕިސްޓުންނާ، މެޑިކަލް ފިޒިސިސްޓުންނާ، ފާމަކޮލޮޖިސްޓުންނާ ޑަޔަލަސިސް ޓެކްނޮލޮޖިސްޓުން ފަދަ މަޤާމުތަކުގައި މި ވަގުތު ދިވެހިންނެއް ނެތް. އެހެން ނަމަވެސް، މިއީ ފަންނީ ދާއިރާތަކެއް އަދި މުސާރަ ބޮޑު ވަޒީފާތަކެއް. ޞިއްޙީ ދާއިރާއިން ދިވެހިން މަދު މިފަދަ ފަންނުތަކުން މީހުން ބިނާކުރުމަށް ސްކޮލަރޝިޕާއި ލޯނު ޕްރޮގްރާމްތައް ތައާރަފުކުރުމަށް ވެސް އަޅުގަނޑުމެން ވަނީ ނިންމާފައި." ރައީސް ވިދާޅުވިއެވެ.

މެޑިކަލް އިންޓާންޝިޕް ހަދާ މީހުންނަށް ދެނީ ކިހައި ވަރެއްގެ އެލަވަންސެއް ކަމެއް މިއަދު ރައީސް ސޯލިހް އިއުލާނެއް ނުކުރެއެވެ.

ރާއްޖޭގައި މެޑިކަލް އިންޓާންޝިޕް ހެދުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އޭރު މެޑިކަލް އިންޓާންޝިޕް ހަދާ މީހުންނަށް އެލަވަންސެއް ދެމުން ގެންދިޔައެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއިއެކު އެއެލަވަންސް ދިނުން އޮތީ ހުއްޓާލާފައެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއެކު، މޭ 1 ވަނަ ދުވަހުން ފެށިގެން، ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ސޯޝަލް ވޯކަރުންނާއި، ސޯޝަލް ސާވިސް ވޯކަރުން ހިމެނޭގޮތަށް، ސޯޝަލް ސާވިސް ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް ގެންނަން ނިންމައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355