twitterviber whatsapp telegramfacebookyoutube instagram
29th April 2026

ފިރުދައުސް މިސްކިތް މަރާމާތުކުރަން މިލިއަނެއް

އަބްދުލް ވާހިދު ޙަސަން
Apr 30, 2023
6

ކުޅުދުއްފުށީގައި ހުންނަ މަސްޖިދުލް ފިރުދައުސްގައި ހުރި މަރާމާތުގެ މަސައްކަތްތައް ކުރުމަށް ފަންއަރިއާ ހަވާލުކޮށްފި އެވެ.

ސިޓީ ކައުންސިލުން ބުނީ، ފިރުދައުސް މިސްކިތުގައި ކުރަން ހުރި ބައެއް މަރާމާތުގެ މަސައްކަތްތައް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް ފަންއަރިއާ ހަވާލުކުރީ 1.14 މިލިއަން ރުފިޔާ އެވެ.

48 ދުވަސްތެރޭގައި ނިންމުމަށް ހަވާލުކުރި މިމަސައްކަތުގެ ދަށުން ފެންލައިޓްތަކުގެ ކަތިފިލާތައް ނައްޓައި ބިއްލޫރި ލެއްވުމާއި ޕެކިން ލެއްވުމާއި ސެލްކޯން އެޅުން ހިމެނެ އެވެ. މަތީގައި އަޅާފައިވާ ކޮންކުރިޓް ސީޓް ވޯޓާރ ޕްރޫފްކުރުމާއި ގާރޑަން ލައިޓްތައް ބަދަލުކުރުމެވެ.

އަދި ކުޑަ ދޮރުތަކުގެ ޕެކިން ބަދަލުކުރުމާއި ދޮރުތަކާއި ފާރާއި ދޭތެއަށް ސެލެކޯން އެޅުމާއި ހަލާކުވެފައިވާ ދޮރުތައް މަރާމާތުކުރުމާއި ކުޑަ ދޮރުތަކުގައި ޕްރޮސްޓް ޖެހުން ހިމެނެ އެވެ. މިސްކިތް އިމާރާތާއި ވުލޫކުރާ އިމާރާތުގެ ބޭރު ފާރުގައި ސީލަރާއި ކުލަލުން ހިމެނޭއިރު ފިރިހެނުން ވުލޫ ކުރާ ސަރަހައްދުގެ ވޯކްވޭ ފުޅާ ކުރުން ހިމެނޭކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ

މިމަސައްކަތްތައް ކުރުމަށް އެ މިސްކިތް މެއި ދެވަނަ ދުވަހުން ފެށިގެން ބަންދުވާނެ އެވެ. ފިރުދައުސް މިސްކިތަކީ ވިޔަފާރިވެރިޔަކު ބިނާކޮށްދެއްވި މިސްކިތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355