twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ބޮޑު ތިލަދުންމަތީގެ ރަށްތަކަށް ހުޅުވާލައިގެން އިހަވަންދޫގައި ފުޓްސަލް މުބާރާތެއް

އަބްދުލް ވާހިދު ޙަސަން
May 7, 2023

ބޮޑު ތިލަދުންމަތީގެ ރަށްތަކަށް ހުޅުވާލައިގެން ހއ އިހަވަންދޫގައި ފުޓްސަލް މުބާރާތެއް ބާއްވަން ނިންމާ، އިއުލާންކޮށްފި އެވެ.

ބޮޑު ތިލަދުންމަތި ފުޓްސަލް ޖެލެންޖްގެ ނަމުގައި ބާއްވަން ނިންމާފައިވާ މި މުބާރާތް އިންތިޒާމުކުރަނީ އިހަވަންދޫގެ ޖަމިއްޔާއެއްކަމަށްވާ، ސީޕީއެސް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުންނެވެ.

އެ ކުލަބުގެ އެގްޒެކްޓިވް ޑިރެކްޓަރު މުހައްމަދު ނާޔިފް ކޭއޯއަށް ވިދާޅުވީ، މިމުބާރާތް ބާއްވަން އިއުލާނުކުރުމާއެކު އަތޮޅުގެ ރަށްތަކުން ބައިވެރިވުމުގެ ޝައުގުވެރިކަންފާޅުކުރަމުންދާ ކަމަށެވެ. އެގޮތުން ކައިރި ރަށްތަކުންގެ އިތުރުން ށ އަތޮޅުގެ ހަތަރު ރަށަކުންވެސް މިހާތަނަށް ޝައުގުވެރިކަންފާޅުކޮށްފައިވާ ކަމަށެވެ.

ހއ. ހދ އަތޮޅުގެ އިތުރުން ށ އަތޮޅުގެ ރަށްތަކަށްވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ މިމުބާރާތް ބާއްވަން ތާވަލުކޮށްފައިވަނީ މިއަހަރުގެ ޖުލައިމަހުގެ 20 ވަނަ ދުވަހު އެވެ.

ނާޔިފު ވިދާޅުވީ، އިހަވަންދޫއަށް ނިސްބަތްވާ ޓީމުތައް ފިޔަވާ އެެހެން ރަށްތަކަށް މުބާރާތުގައި ބައިވެރިވުމަށް ދެ ދުވަހެއްގެ ތެރޭގައި ހުޅުވާލާނެ ކަމަށާ އިހަވަންދޫގެ ޓީމުތަކަށް ބައިވެރިވެވޭނީ އެ ކުލަބުގައި ރަޖިސްޓްރީވެގެން ކަމަށެވެ. އަދި އިހަވަންދޫގެ ޓީމުތަކަށް ކުލަބުގައި ރަޖިސްޓްރީވުމަށް މިހާރުވެސް ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެ ރަށަކުންވެސް އެއް ޓީމަކަށްވުރެ ގިނަ ޓީމުތަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާ މި މުބާރާތުގައި ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވާ ފައިސާގެ އިނާމަކީ 25،000 ރުފިޔާ އެވެ. ރަނަރަޕް ޓީމަށް 7000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355