twitterviber whatsapp telegramfacebookyoutube instagram
25th April 2024

6 މަހުން ނިންމަން ހަވާލުކުރި މަސައްކަތް ނިންމާލެވުނީ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން!

ނަބީލާ އިސްމާޢީލް
May 11, 2023
1

މިދިޔަ އަހަރު ފެބްރުއަރީ މަހު 8 ވަނަ ދުވަހު 200 ދުވަސްތެރޭ ނިންމަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރި މަސައްކަތް ފިނިހަކަ ދުވެލީގައި ކުރަމުންގޮސް މަސައްކަތް ހަވާލުކުރިތާ އަހަރަކަށްވުރެއް ގިނަދުވަސް ވެފައިވަނިކޮށް ނިންމާލައިފި އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ މި ހަފުތާ އެ މަސައްކަތް އެއްކޮށް ނިންމާލާފައިވާކަމަށް ބުނެފައިވާއިރު ކުޅުދުއްފުށީގައި ގާއިމުވެތިބެ އެމްޓީސީސީއާއި މި މަސައްކަތް ހަވާލުކުރިތާ 6 މަސްވީއިރުވެސް މި ކަމުގެ އަމަލީ މަސައްކަތް ފަށާފަ އެއްނުވެއެވެ. ރަންވޭގައި ލައިޓް ނުޖެހި ލަސްވިއެއް ސަބަބަކީ އެއީ ކަމުގައި ސަރުކާރުން ވަނީ ބުނެފަ އެވެ.

އެއާޕޯޓްގެ ގޮނޑުދޮށުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 200 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 42.37 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއުގެ ދަށުން ހަވާލުކުރީ 882 މީޓަރުގެ ބޮޑު ހިލަ ޖަހައި 30 މީޓަރުގެ ރިވެޓްމެންޓް ޖަހާށެވެ.

ކުރިން އެއާޕޯޓްގެ ހިމާޔަތަށް ޖެހި ހިލަތޮށި ގިރާލީ 2018 ވަނަ އަހަރު މެއިމަހުގެ ތެރޭގައި އެވެ. މޫސުމް ގޯސްވެގެން ހިނގި އެ ހާދިސާއަށްފަހު އެމްޓީސީސީ އޭރު ބުނެފައިވަނީ މޫސުމް ރަނގަޅުވުމުން އެ މަސައްކަތް އަލުން ފަށާނެ ކަމަށެވެ. އެހެންނަމަވެސް އޭރުވެސް އެ މަސައްކަތްކޮށްފައެއް ނުވެ އެވެ.

އޭރު އެ މަސައްކަތްކުރިއިރު އެމްޓީސީސީން ޖަހާފައިވަނީ އީއައިއޭ ރިޕޯޓްގައި ޖަހަން ލަފާދީފައިވާ ވަރަށްވުރެ ސައިޒްގެ ގޮތުން ކުދި ހިލަތަކެކެވެ. އެ މައްސަލަ އޭރުގެ ކައުންސިލުންވެސް ސަރުކާރުގެ އިދާރާތަކަށް ހުށަހެޅި ނަމަވެސް ބަދަލެއް ނުކުރި އެވެ.

އެމްޓީސީސީއާ އޭރު ސުވާލުކުރުމުން ބުނެފައިވަނީ މަސައްކަތް ލަސްވީ ކޮވިޑުގެ ސަބަބުން ކަމަށެވެ. ނަމަވެސް ކޮވިޑުގެ ސަބަބުންވެސް ނުހުއްޓި ބައެއް ރަށްރަށުގައި ޕްރޮޖެކްޓްތައް ކުރިއަށް ދިޔަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355