twitterviber whatsapp telegramfacebookyoutube instagram
29th August 2026

ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުން މިމަހު 17 ގައި

އަބްދުލް ވާހިދު ޙަސަން
May 15, 2023

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާގޮތަށް، ކުޅުދުއްފުށީ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާފައިވާ ބާއްވާ ބައްދަލުވުން މިމަހުގެ 17 ގައި އޮންނާނެކަމަށް ސިޓީ ކައުންސިލުން އާންމުކޮށްފި އެވެ.

އެ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރައްޔިތުންނާ ބައްދަލުކުރުން އޮންނާނީ މި އަންނަ ބުދަ ދުވަހުގެ ރޭގަނޑު 20:45 ގައި ނޮދަން އޮފީސް ކޮމްޕްލެކްސް އިމާރާތުގެ ހޯލުގައި ކަމަށެވެ.

މި ބައްދަލުވުމުގައި ކުޅުދުއްފުށީގެ ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ސިޓީ ކައުންސިލުން އެދެ އެވެ. ގާނޫނުން ލާޒިމުކޮށްގެން ބާއްވާ މި ބައްދަލުވުންތަކުގެ އިތުރުން ކޮންމެ ހޯމަދުވަހެއްގައިވެސް ކައުންސިލަރުންނާ ބައްދަލުކުރުމުގެ ފުރުސަތު އޮންނަނީ ސިޓީ ކައުންސިލުން ހުޅުވާލާފަ އެވެ.

މި ބައްދަލުވުމުގައި ސިޓީ ކައުންސިލުން ކުރިއަށް ހިންގަން ރާވާފައިވާ މަޝްރޫއުތަކާއި މިހާރު ހިންގަމުންދާ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ދޭނެ އެވެ. އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.

ސިޓީ ކައުންސިލުން ފާހަގަކުރެވެނީ، ރައްޔިތުންނާއެކު ބާއްވަން ޖެހޭ އާންމު ބައްދަލުވުންތައް ބާއްވަމުން އަންނަ ކައުންސިލެއްގެ ގޮތުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355