twitterviber whatsapp telegramfacebookyoutube instagram
26th June 2026

ދަރިންނަށް ހަރަދުނުދޭ ބައްޕައަކު ޖަލަށްލުމަށް ހުކުމުކޮށްފި

އަބްދުލް ވާހިދު ޙަސަން
May 17, 2023

ދަރިންނަށް ހަރަދުނުދޭ ބައްޕައަކުން 133،500 ރުފިޔާ ދެމަސް ދުވަހުގެ ތެރޭގައި ކޯޓަށް ދެއްކުމަށް އަންގައި، ދެ މަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

ދެ ދަރިންނަށް ހަރަދުނުދޭ މައްސަލާގައި ކުރީގެ ފިރިމީހާގެ މައްޗަށް ކުދިންގެ މަންމަ ދައުވާކުރީ ކޯޓުންކޮށްފައިވާ ހުކުމާ އެއްގޮތަށް ދަރިންނަށް އެ ކުދިންގެ ބައްޕަ ހަރަދުނުދޭތީ އެވެ. ދަރިންގެ ހަރަދުގެ ގޮތުގައި މިހާތަނަށް ނުލިބިވާ ހަރަދުގެ ފައިސާ ހޯދުމަށެވެ.

އެގޮތުން ދެ ދަރިންގެ ހަރަދުގެ ގޮތުގައި ދައްކަން ޖެހި ނުދައްކާވާ 91،500 ރުފިޔާ އާއި ދެ ދަރިން ބެލުމުގެ ހަރަދުގެ ގޮތުގައި ދައްކަން ޖެހި ނުދައްކާވާ 42،000 ރުފިޔާއާއެކު ޖުމްލަ 133،500 ރުފިޔާ އެއްފަހަރާ ކޯޓަށް ނަގައިދިނުމަށެވެ.

މިމައްސަލާގައި ކުޅުދުއްފުށީ ކޯޓުންކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ދަރިންނަށް ހަރަދުނުދޭ މައްސަލާގައި އެ ކޯޓުގެ ކުރީގެ ދެ ގަޟިއްޔާ އިން ސާބިތުވެފައިވާ ދަރިންގެ ހަރަދު އެ ހުކުމްތަކާ އެއްގޮތަށް ލިބެމުން ނުދާކަން ކޯޓުގެ ރެކޯޑްތަކުން އެނގޭ ކަމަށެވެ.

އެހެންވުމުން ދެ ދަރިންގެ ހަރަދުގެ ގޮތުގައި ދައްކަން ޖެހި ނުދައްކާވާ ޖުމްލަ ފައިސާއަށްވާ އަދަދުކަމުގައިވާ 133،500 ރުފިޔާ ދެ މަސްތެރޭގައި ކޯޓަށް ދައްކާ، ދެ މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކުދިންގެ ބައްޕަ، އިބުރާހިމް އަހުމަދުގެ ޣައިރު ހާޒިރުގައި ހުކުމުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355