twitterviber whatsapp telegramfacebookyoutube instagram
23rd March 2026

ޕްލޭ ސްކޫލް އެގްރިމެންޓް ބާތިލުކޮށްފި

އަބްދުލް ވާހިދު ޙަސަން
May 19, 2023
3

ކުޅުދުއްފުށީ، އަމީރު އަމީން ސްކޫލުގައި ޕްލޭ ސްކޫލެއް ހިންގުމަށް މެދުރި ޕްރައިވެޓް ލިމިޓެޑާ ދެމެދުވެފައިވާ އެއްބަސްވުން ބާތިލުކޮށްފި އެވެ.

ސިޓީ ކައުންސިލުން ފްލޭ ސްކޫލުގެ ހިދުމަތް ފޯރުކޮށްދިނުމަށާއި ޒަމާނީ ތައުލީމު ތަރައްގީ އަމީރު އަމީން ސްކޫލުގެ ބިމާއި އިމާރާތް މެދުރި ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނީ މިދިޔަ 2022 ވަނަ އަހަރު ސެޕްޓެމްބަރުމަހު އެވެ.

ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ބުދަ ދުވަހުގެ ރޭ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ، މެދުރި ޕްރައިވެޓް ލިމިޓެޑުން އެދިގެން ޕްލޭ ސްކޫލުގެ އެގްރިމެންޓް ބާތިލުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީގޮތުގައި މެދުރި ޕްރައިވެޓް ލިމިޑެޓުން އެ މަސައްކަތް ކުރިއަށް ގެންދެވެން ނެތްކަމަށް އަންގާ އެގްރިމެންޓް ބާތިލުކޮށްދިނުމަށް ސިޓީ ކައުންސިލުގައި އެދުނީ މިދިޔަ މަހުގެ ފަހުކޮޅު ކަމަށެވެ.

"މި އެގްރިމެންޓް އުވާލަދިނުމަށް އެދިފައިވާތީ މިހާރު ވާނީ އެގްރިމެންޓް ބާތިލުކުރެވިފައި." ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.

އަމީރު އަމީން ސްކޫލުގައި ޕްލޭ ސްކޫލެއް ހިންގާނެ ބަޔަކު ހޯދުމަށް ސިޓީ ކައުންސިލުން ގިނަ އިއުލާނުތަކެއް ކުރި ފަހުން އެކަމަށް ޝައުގުވެރިކަންފާޅުކުރި މެދުރި ޕްރައިވެޓް ލިމިޓެޑާއި ސިޓީ ކައުންސިލާ ދެމެދު އެގްރިމެންޓް ހެދީ 20 އަހަރު ދުވަހުގެ މުއްދަތަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355