twitterviber whatsapp telegramfacebookyoutube instagram
29th March 2024

މަރްހޫމް ހުސައިން ޒުހައިރުގެ ހަނދާނީ ޤުރުއާން މުބާރާތުގެ އެއްވަނަ އަޒާ ހޯދައިފި

ނަބީލާ އިސްމާޢީލް
May 22, 2023

ހއ އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)އިން ބާއްވަމުން އަންނަ އަލްމަރްހޫމް ހުސައިން ޒުހައިރުގެ ހަނދާނީ ޤުރުއާން މުބާރާތުގެ މިއަހަރުގެ މުބާރާތުން ފަހުރުވެރި 1 ވަނަ އެ ރަށު އަޒާ އިބްރާހީމް އަސްލަމް ހޯރަވިލާ ކާމިޔާބުކޮށްފި އެވެ.

1 ވަނަ އަށްދާ ފަރާތަކަށް އުމުރާ ދަތުރެއް ހުށަހެޅިފައިވާ މި މުބާރާތަކީ އެ ޖަމިއްޔާގެ 1 މުއައްސިސްކަމަށްވާ އެ ރަށު ވައިޖެހޭގޭ ހުސައިން ޒުހައިރުގެ ނަން ދިރުވާއާލާ ކުރުމާއި އެ މަރުހޫމުގެ ޒިކުރާ އާލާކުރުމުގެ ނަމުގަޔާއި ޖަމިއްޔާގެ މަގުސަދުގެ ތެރޭގައި ހިމެނޭ ދީނީ ކަންކަމަށް ރަށުގެ މުޖުތަމައު ހޭލުންތެރިކޮށް ތަރުބަވީ ޖީލެއް ބިނާކުރުމަށް ކުރިއަށް ގެންދާ މުބާރާތެކެވެ.

މި މުބާރާތް މެދުކެނޑުމެއް ނެތި މިގޮތަށް ކުރިއަށްގެންދާތާ މިއީ 19 ވަނަ އަހަރެވެ.

ތިން ބުރަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ ޝަރަފްވެރި 1 ވަނަ އަޒާ އިބްރާހީމް އަސްލަމް ހޯދިއިރު މުބާރާތުގެ 2 ވަނަ ހޯދާފައިވަނީ އެރަށު ޔައިޝާ ޔާސިރު އިބްރާހީމް ދޭލިޔާގެ އަދި 3 ވަނަ ހޯދާފައިވަނީ އެރަށު ފާތިމަތު ނަދްވާ ބުލްބުލާގެ އެވެ.

ފުރަތަމަ ބުރު (ފައްސިޔަ ބުރު)، ދެބަނަ (ހިފްޒު ބުރު) އަދި ތިންވަނަ (އަރުތަ ބުރު) މިތިން ބުރުގައިވެސް ޖުމްލަ 10 ކުދިން ކިޔެވި މި މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ޖަމިއްޔާގެ ގޯތިތެރޭގަ އެވެ.

އަންނަ އަހަރަކީ މި މުބާރާތް ބާއްވާ 20 ވަނަ އަހަރަށްވުމުން އެ ޖަމިއްޔާއިން އަންނަ އަހަރު މި މުބާރާތް ބާއްވަން ގަސްތުކުރަނީ މުޅި ހއ އަތޮޅަށް ހުޅުވާލައިގެން ކަމުގައި އެ ޖަމިއްޔާއިން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355