twitterviber whatsapp telegramfacebookyoutube instagram
23rd April 2024

މޭޔަރާއި ޑެޕިއުޓީ މޭޔަރު ހިމެނިވެޑައިގަންނަވާހެން ސިޓީ ކައުންސިލްގެ ހުރިހާ މެމްބަރުން ޑިމޮކްރެކްޓްސްއަށް

މިއީ ކުޅުދުއްފުށީ ތާރީހުގައިވެސް ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުނު ފުރަތަމަ ފަހަރު.

އަބްދުލް ވާހިދު ޙަސަން
May 30, 2023
11

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ހިމެނިވަޑައިގަންވާގޮތަށް ހުރިހާ މެމްބަރު ދަ ޑިމޮކްރެކްޓްސް ޕާޓީއާ ގުޅިވަޑައިގަންނަވައިފި އެވެ.

މޭޔަރު މުހައްމަދު އާތިފް އާއި ޑެޕިއުޓީ މޭޔަރު އަލީ އަހުމަދުގެ އިތުރުން ކައުންސިލަރު އަހުމަދު އަބުދުﷲ، ރިލްވާން މުހައްމަދު، މުހައްމަދު ދާއޫދު، އައިމިނަތު މަޖީދާ ޑިމޮކްރެކްޓްސްއަށް ސޮއިކުރެއްވީ މިއަދު އެކަމަށްޓަކާ ކާނިވަލް ކެފޭގައި އޮތް ހަފުލާއެއްގަ އެވެ. މި ހަފުލާގައި ޑިމޮކްރެޓްސްގެ މުއައްސިސް ހަސަން ލަތީފް ބައިވެރިވެވަޑައިގެންނެވި އެވެ.

ކައުންސިލް މެމްބަރު އާތިފާ އަލީ މިވަގުތު ލަންކާގައި ހުންނެވުމުން މި ހަފުލާގައި ބައިވެރިވެވަޑައިނުގެންނެވުނުކަމުގައިވިޔަސް އޭނާވެސް ވަނީ ޑިމޮކްރެކްޓްސްއަށް މިއަދު ސޮއިކުރައްވާފަ އެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލަކީ އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮންނަ ކައުންސިލެކެވެ. މިއީ މިރަށުގެ ތާރީހުގައިވެސް ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުނު ފުރަތަމަ ފަހަރެވެ.

ހަފުލާއަަށްފަހު މީޑިޔާއަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފު ވިދާޅުވީ މިއީ ވަރަށް އުޖާލާ ދުވަހެއް ކަމަށާއި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ދެއްކެވީ ވަރަށް ރަނގަޅު ނަމޫނާއެއް ކަމަށެވެ.

"ވަރަށް ނުރަނގަޅު ކަންކަމާ ދެކޮޅަށް [ކައުންސިލަރުން] ތެދުވެވަޑައިގެން، ރަނގަޅު އުންމީދުތަކަކާއެކީ ކުރިއަށްދިޔުމަށް އެބޭފުޅުން މަސައްކަތް ފެއްޓެވިތަން އެ ދެކެއްވީ." ކުޅުދުއްފުށީގައި ހުންނަވައިގެން ހަސަން ވިދާޅުވި އެވެ.

ޑިމޮކްރެކްޓްސް އުފެއްދި އުންމީދުތައް ހާސިލުކުރުމުގައި ސިޓީ ކައުންސިލް އަދި ރަށު ކައުންސިލްތަކުގެ ދައުރު ވަރަށް މުހިންމު ކަމަށްވެސް ހަސަން ވިދާޅުވި އެވެ. އޭނާ ވަނީ ސިޓީ ކައުންސިލް މެމްބަރުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާ މަރުހަބާ ދަންނަވާފަ އެވެ.

ކުޅުދުއްފުށީގައި ސަރުކާރުން ވައުދުވި މަޝްރޫއުތައް ކުރިއަށްނުދާތީ ގިނަ ރައްޔިތުންތަކެއް އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355