twitterviber whatsapp telegramfacebookyoutube instagram
15th April 2026

ސިޓީ ކައުންސިލްގެ އަހަރީ ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ނަޝީދު

އަބްދުލް ވާހިދު ޙަސަން
Jun 12, 2023
6

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ދެވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ އެވެ.

ސިޓީ ކައުންސިލަށް ދެ އަހަރު ފުރުމުގެ މުނާސަބާގައި ބާއްވާ ރަސްމިއްޔާތު އޮންނާނީ 13 ވަނަ ދުވަހުގެ ރޭގަނޑު، ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގަ އެވެ.

ސިޓީ ކައުންސިލަށް އެއް އަހަރު ވެގެންވެސް މިދިޔަ އަހަރު ރަސްމިއްޔާތެއް ބޭއްވި އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް އެވެ.

އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ސިޓީ ކައުންސިލަށް އެކި ގޮތްގޮތުން އެހީތެރިކަންފޯރުކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަން ކުރުން އޮންނާނެ އެވެ.

ނަޝީދު، މިދިޔަ އަހަރު ޑިސެމްބަރުމަހުވެސް ކުޅުދުއްފުއްޓަށް ވަޑައިގެންނެވި އެވެ. އަދި ދާދި ފަހުން ހއ އަތޮޅު ކައުންސިލުން ބޭއްވި އެވޯޑް ނައިޓެއް ޝަރަފްވެރިކޮށްދެއްވުމަށް ދިއްދޫއަށްވެސް ވަޑައިގަންނަވާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355