twitterviber whatsapp telegramfacebookyoutube instagram
30th April 2024

ގިނަ ޕާޓީއެކުލެވޭ ނިޒާމު ދިވެހިން ބަލައިގަތީ ރަށްތަކުގެ ރައްޔިތުންނަށް ހެޔޮވެރިކަމުގެ ނިޒާމު ހޯދައިދިނުމުގެ ސާފު ނިޔަތުގަ: ނަޝީދު

އަބްދުލް ވާހިދު ޙަސަން
Jun 14, 2023

ގިނަ ޕާޓީއެކުލެވޭ ސިޔާސީ ނިޒާމު ދިވެހިން ބަލައިގަތީ ރަށްތަކަށާއި އަތޮޅުތައް އަދި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސިޔާސީ ހެޔޮވެރިކަމުގެ ނިޒާމު ހޯދައިދިނުމުގެ ސާފު ނިޔަތުގައިކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ދެ އަހަރު ފުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ ބޭނުމަކީ އަރާރުއްވުމެއް ނޫން ކަމަށާއި އަދި މައްސަލަ ޖެހި ޒުވާބު އުފެދުމެއްވެސް ނޫން ކަމަށެވެ.

ސިޔާސީ މަސައްކަތް ހިނގަމުންދާއިރުގައި ޖޯޝާއި ޖަޒުބާތުގައި އަބަދަވެސް ކޮންމެވެސް މިންވަރަކަށް ޒުވާބު އުފެދޭނެ ކަމަށާއި އެއީ ސިޔާސީ މަސައްކަތުގެ އެއް ތޮއްބީޔަށްކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އެނޫންވެސް މަސައްކަތުގެ މާބޮޑު މަގުސަދަކީ ހިދުމަތްކުރުން. ރަށްތައް އަތޮޅުތައް މި ދިވެހިރާއްޖެ ތަރައްގީވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން އެންމެން ކުރަމުންދިޔުން." ކުޅުދުއްފުށީގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ފަނަރަ ވަރަކަށް އަހަރު ފުރިފައިވާއިރު ޝައްކެއްވެސް ނެތް ގޮތުގައި މި ނިޒާމު އަދި ފުރިހަމަ ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރަން ހުރި ކަންތައްތައްވެސް އިންތިހާއަށް ގިނަ ކަމަށާއި އަދި ގެންނަން ހުރި ބައްދަލުތައްވެސް ގިނަ ކަމަށެވެ. އެގޮތުން ގާނޫނުގައި ކަނޑައަޅަން ޖެހޭ ކަންކަން ހުރިކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހިތްތަކުން ދޫކޮށްލަން ޖެހޭ ކަންކަން ކިތަމެއްހާވެސް ގިނަ އަދި އެކަންކަން ހާސިލުކުރުމަށް އަޅުގަނޑަށް ޔަގީން ކަށަވަރު ތި ހުރިހާ ބޭފުޅުންނާއެކީގައި މަސައްކަތްކުރެވޭނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355