twitterviber whatsapp telegramfacebookyoutube instagram
3rd May 2024

މިއަހަރުވެސް ފޯރިގަދަ މަށިމާލި ޕެރޭޑާއެކު ގިނަ ހަރަކާތްތަކެއް

ނަބީލާ އިސްމާޢީލް
Jun 20, 2023

ބޮޑުއީދުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދާ، މަށިމާލި ޕެރޭޑާއެކު ތަފާތު ގިނަ ހަރަކާތްތަކެއް މިއަހަރުވެސް ކުރިއަށްދާނެ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.

މިއަހަރުވެސް އަޟްޙާ އީދު ފާހަގަކުރަނީ މުއްސަނދި ސަގާފަތާއެކު އެވެ. ޒަމާނުން ފެށިގެން ކުޅެމުން އަންނަ ސަގާފީ ކުޅިވަރުތަކާއި އާ ކުޅިވަރުތައްވެސް މިފަހަރުގެ އީދުގައި ހިމެނެ އެވެ.

މިއަހަރު ކުޅުދުއްފުށީގައި އީދު ކުޅިވަރުތައް ފެށުމަށް ހަމަޖެހިފައިވަނީ މި މަހު 26 ވަނަ ދުވަހު ހެނދުނު 6:00 ގައި ސްކައި ބީޗް ޗެލެންޖުންނެވެ. އެގޮތުން 26 ވަނަ ދުވަހު ހެނދުނުން ފެށިގެން 01 ޖުލައިގެ ހަވީރާ ޖެހެންދެން އެ ރަށުގައި އީދު ހަރަކާތްތައް ކުރިއަށްދާނެ ކަމަށް ކައުންސިލުން މައުލޫމާތު ހާމަކުރިއެވެ.

އެގޮތުން 27 ވަނަ ދުވަހު 20:30 ގައި ކުޅުދުއްފުށީގައި ފަންނުވެރިންގެ ހުނަރު ދައްކާލާ ކުރުނބާ އީދުގެ މުބާރާތް އޮންނާނެ އެވެ. އަދި 28 ވަނަ ދުވަހު 10:00 ގައި ސްކައި ބީޗް ޗެލެންޖް، އެދުވަހު ހަވީރު މިސްޤާލް ބޮޑުބެރު ގުރޫޕްގެ ކުޑަކުދިންގެ އީދު އުފާ، ބަންދު ދުއްވުން، މުލީ މީހުންގެ ދަފި ނެގުން، ރާނީ ހިނގުން، މީގެ އިތުރުން އެ ރޭ ޕޮޗްރާލި ޝޯވ، ހަ ވާ އެރުވުން އަދި ޑަބްލިއުޑީސީގެ ސަގާފީ ހަރަކާތް އޮންނާނެ އެވެ.

29 ވަނަ ދުވަހުގެ ހެނދުނު ސްކައި ބީޗް ޗެލެންޖު އަދި ކުރުފަލީގެ އިތުރުން އެ ދުވަހު ހަވީރު މަށިމާޅި ޕެރޭޑް އޮންނާނެ އެވެ. 30 ވަނަ ދުވަހު ހެނދުނު ސްކައި ބީޗް ޗެލެންޖުން، މެންދުރު ކޯޑިކެނޑުން ހަވީރު ހިއްޗަށް ވަޑައިގައިގަތުން އަދި ރޭގަނޑު ދަމު ހިނގުން އޮންނާނެ އެވެ. އީދުގެ އެންމެ ފަހުގެ ހަރާކާތްތަކުގެ ގޮތުން 1 ޖަލައި ވަނަ ދުވަހުގެ ހަވީރު އޮންނާނީ ކޮރަލްސްގެ ވާދެމުމާއި ފައިގަ ތަޅާ މުބާރާތުގެ އިތުރުން ބޮޑުފައިވާން އަދި ފަރިވަޅުލުމެވެ.

އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު އީދުގައި ކުޅުދުއްފުށީގައި ގިނަ ހަރަކާތްތަކެއް ކުރިއަށްދާއިރު އެހެން އަހަރުތަކުގައި ނުބާއްވާ އާ ހަރަކާތްތަކެއް ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355