twitterviber whatsapp telegramfacebookyoutube instagram
3rd May 2024

މަރާމާތަށްފަހު ބެޑްމިންޓަން ކޯޓް އަލުން ހުޅުވައިފި

އަބްދުލް ވާހިދު ޙަސަން
Jul 11, 2023
1

ކުޅުދުއްފުށި ޔޫތު ސެންޓަރުގައި ގާއިމުކޮށްފައިވާ ދެ ބެޑްމިންޓަން ކޯޓް ބޮޑު މަރާމާތަކަށްފަހު އަލުން ހުޅުވައިފި އެވެ. އެކަމަށްޓަކާ އެތަނުގައި މިއަދު ބޭއްވި ހަފްލާއެއްގައި ކޯޓް ހުޅުވައިދެއްވީ ކުޅުދުއްފުއްޓަށް ބެޑްމިންޓަންގެ ދާއިރާއިން ގިނަ ހިދުމަތްތަކެއް ކޮށްދެއްވަމުންގެންދަވާ ހުސެއިން އަލީ (ހުސެއިންބެ) އެވެ.

ވަރަށް ބޮޑަށް މަރާމާތަށް ބޭނުންވެފައިވަނިކޮށް ސިޓީ ކައުންސިލުން 784،080.00 ރުފިޔާ އަށް ބެންޒީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން މަރާމާތުކުރި މިތަން ކަނޑައެޅި މުއްދަތަށް ނިންމާލީމަ މޭޔަރު އެކަން ފާހަގަކޮށް އެ ފަރާތްތަށް ޝުކުރުއަދާކުރެއްވި އެވެ. އަދި މަސައްކަތް ކުރިއަށްދަނިކޮށްވެސް ސިޓީ ކައުންސިލުން އެދުނު ކަންކަން ރަނގަޅުކޮށްދިންކަން ފާހަގަކުރެއްވި އެވެ.

މިތަނުގެ ކުރި ބައެއް މަރާމާތުތަކުގެ ތެރޭގައި ދެ ބެޑްމިންޓަން ކޯޓްގެ މެޓް ބަދަލުކުރުމާއި އިމާރާތުގެ އެތެރޭގައި ކުލަ އާއި ދަވާދު އާ ކުރުމުގެ އިތުރުން މޫވަބަލް ނެޓްފޯސް ބަހައްޓާފައިވެ އެވެ.

މި ހަފުލާގައި ވާހަކަ ދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ބެޑްމިންޓަން ކޯޓް މަރާމާތުކުރުމުގެ ބަޖެޓް ހޯދަން އެންމެ ފުރަތަމަ އެދުނީ ޔޫތު މިނިސްޓްރީގައި ކަމަށާ އެހެންނަމަވެސް މިއަހަރު މަރާމާތުކުރެވެން މިނިސްޓްރީއަށް ނެތްކަން އެންގުމުން އެހެންކަމަށް ހަމަޖައްސާފައި އިން ބަޖެޓް ކޯޓް މަރާމާތުކުރީ ކަމަށެވެ.

އެއީ މި ކުޅީވަރަކީ ރަށުގެ ދެ ޖިންސް ޒުވާނުންގެ މެދުގައިވެސް މަގުބޫލު ކުޅިވަރަކަށްވާތީ ކަމަށް މޭޔަރު ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355