twitterviber whatsapp telegramfacebookyoutube instagram
20th May 2024

ރިޔާސީ އިންތިހާބުގައި ކުޅުދުއްފުށީގައި 9 ވޯޓްފޮށި ބަހައްޓާނެ

ނަބީލާ އިސްމާޢީލް
Jul 13, 2023

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުޅުދުއްފުށީގައި ވޯޓުލުމަށް 9 ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ހާމަކޮށްފި އެވެ. މި އަހަރުގެ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 604 ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާކަމަށް އެކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ.

ސިޓީތަކާއި އަތޮޅުތެރޭގެ އެކި ހިސާބުތަކުގައި 319 ފޮށި ބަހައްޓަން ނިންމާފައިވާ އިރު ރާއްޖެއިން ބޭރުގައި 13 ވޯޓު ފޮށި ބަހައްޓާނެ ކަމަށް ވެސް އީސީން ބުނެ އެވެ. އަދި، ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި ދެ ފޮށްޓާއި ޖަލުތަކުގައި ފަސް ވޯޓު ފޮށި ބަހައްޓަން ވަނީ ނިންމާފައެވެ. މާލެ އާއި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުންނަށް 138 ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު، ހުޅުމާލޭގައި 39 ފޮށި އަދި ވިލިމާލޭގައި 10 ފޮށި ހުންނާނެ ކަމަށް އިސީން މައުލޫމާތު ދެއެވެ.

B04.09.1 ވޯޓްފޮށި (ކުޅުދުއްފުށީ ކެމްޕަސް ކުލާސް ރޫމް 3)

B04.09.1 ވޯޓްފޮށި ބެހެއްޓިފައި ހުންނާނީ ކުޅުދުއްފުށީ ކެމްޕަސް ކުލާސްރޫމް 3 ގަ އެވެ. މި ވޯޓު ފޮއްޓަށް ވޯޓުލެވޭނީ، މަގާމަގުގެ ހުޅަނގުކޮޅުން ފެށިގެން އެމަގުގެ އިރަށް އައިސް އަމީނީމަގަށް، އަމީނީމަގުން އުތުރަށް ގޮސް ކުދީނާ ހިނގުމަށް، އެމަގުން ހުޅަނގަށް ގޮސް އުދަރެސް ގޯޅިއަށް، އުދަރެސް ގޯޅިން ހުޅަނގަށްގޮސް ނިމޭ ސަރަހައްދުގައި ހިމެނޭ ގޭގޭގައި ރަޖިސްޓްރީގައިވާ މީހުންނެވެ.

B04.09.2 ވޯޓްފޮށި ( ޖަލާލުއްދީން ސްކޫލް ހޯލް ހުޅަނގު)

B04.09.2 ވޯޓްފޮށި ބެހެއްޓިފައި ހުންނާނީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް ހޯލް ހުޅަނގުގަ އެވެ. މި ފޮއްޓަށް ވޯޓުލެވޭނީ، އުދަރެސް ގޯޅީގެ ހުޅަނގު ކޮޅުން ފެށިގެން އެގޯޅިން އިރަށް އައިސް ކުދީނާ ހިނގުމަށް، ކުދީނާ ހިނގުމުން އިރަށް އައިސް އަމީނީ މަގަށް، އަމީނީ މަގުން އުތުރަށް ގޮސް ނިމޭ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންގެ ތެރެއިން މި ފޮއްޓަށް ރަޖިސްޓަރީކުރާ މީހުންނެވެ.

B04.09.3 ވޯޓްފޮށި (ހދ އޭއީސީ ހޯލް ހުޅަނގު)

B04.09.3 ވޯޓްފޮށި ވޯޓްފޮށި ބެހެއްޓިފައި ހުންނާނީ ކުޅުދުއްފުށީ ހދ އަތޮޅު ތައުލީމީ މަރުކަޒު ސްކޫލް ހޯލް ހުޅަނގުގަ އެވެ. މި ފޮއްޓަށް ވޯޓުލެވޭނީ، މަގާންމަގުގެ އިރުމަތީކޮޅުން ފެށިގެން ހުޅަނގަށްގޮސް ފިނިހިޔާގޯލިން އުތުރަށް، މިސްކިތްމަގުން އިރަށް ސޯފިޔާ ހިނގުމުން އުތުރަށް، ބޯޅަދަނޑުމަގުން އިރަށް އޯކިޑުމަގުން އުތުރަށްގޮސް ނިމޭ ސަރަހައްދުގައި ހިމެނޭ ގޭގޭގައި ރަޖިސްޓްރީގައިވާ މީހުންނެވެ.

B04.09.4 ވޯޓްފޮށި (ހދ އޭއީސީ ހޯލް އިރުމަތި)

B04.09.4 ވޯޓްފޮށި ބެހެއްޓިފައި ހުންނާނީ ކުޅުދުއްފުށީ ހދ އަތޮޅު ތައުލީމީ މަރުކަޒު ސްކޫލް ހޯލްގެ އިރުމަތީގަ އެވެ. މި ފޮއްޓައް ވޯޓުލެވޭނީ، އަމީނީމަގުގެ އުތުރުކޮޅުން ފެށިގެން ދެކުނަށް ގޮސް، މަގާންމަގުން އިރަށް ފިނިހިޔާ ހިނގުމުން އުތުރަށް، ބޯޅަދަނޑުމަގުން އިރަށް އޯކިޑުމަގުން އުތުރަށްގޮސް ނިމޭ ސަރަހައްދުގައި ހިމެނޭ ގޭގޭގައި ރަޖިސްޓްރީގައިވާ މީހުންނެވެ.

B04.09.5 ވޯޓްފޮށި (ނޮދާން އޮފީސް ކޮމްޕްލެކްސް)

B04.09.5 ވޯޓްފޮށި ބެހެއްޓިފައި ހުންނާނީ ކުޅުދުއްފުށީ ނޮދަރން އޮފީސް ކޮމްޕްލެކްސް ޖަލްސާކުރާ މަލަމުގަ އެވެ. މި ފޮއްޓަށް ވޯޓުލެވޭނީ، މަގާން މަގުގެ ހުޅަނގުކޮޅުން ފެށިގެން އެމަގުން އިރަށް އައިސް އަމީނީ މަގަށް، އަމީނީމަގުން ދެކުނަށް ގޮސް ނިމޭ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންގެ ތެރެއިން މި ފޮއްޓަށް ރަޖިސްޓަރީކުރާ މީހުންނެވެ.

B04.09.6 ވޯޓްފޮށި (ޖަލާލުއްދީން ސްކޫލް ހޯލް އިރުމަތި)

B04.09.6 ވޯޓްފޮށި ބެހެއްޓިފައި ހުންނާނީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް ހޯލް އިރުމަތީގަ އެވެ. މި ފޮއްޓަށް ވޯޓުލެވޭނީ، ކުޅުދުއްފުށީގައި ދިރިއުޅޭ އެހެނިހެން ދިވެހި ރައްޔިތުންގެ ތެރެއިން މި ފޮއްޓަށް ވޯޓްލުމަށް ރަޖިސްޓްރީ ކުރާ މީހުންނެވެ.

B04.09.7 ވޯޓްފޮށި (ކުޅުދުއްފުށީ ކެމްޕަސް ކުލާސް ރޫމް 4)

B04.09.7 ވޯޓްފޮށި ބެހެއްޓިފައި ހުންނާނީ ކުޅުދުއްފުށީ ކެމްޕަސް ކުލާސްރޫމް 4 ގަ އެވެ. މި ވޯޓު ފޮއްޓައް ވޯޓުލެވޭނީ، މަގާންމަގުން އިރުމަތީކޮޅުން ފެށިގެން އެމަގުން ހުޅަނގަށް އައިސް އަމީނީ މަގުން ދެކުނަށް، ނިކަގަސްމަގަށް، ނިކަގަސްމަގުން އިރަށްގޮސް ނިމޭ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

B04.09.8 ވޯޓްފޮށި (އަފީފުއްދީން ސްކޫލް ހޯލް ދެކުނު)

B04.09.8 ވޯޓްފޮށި ބެހެއްޓިފައި ހުންނާނީ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލް ހޯލުގެ ދެކުނު ކޮޅުގަ އެވެ. މި ވޯޓު ފޮއްޓަށް ވޯޓުލެވޭނީ، ނިކަގަސްމަގުން އިރުމަތީކޮޅުން ފެށިގެން އެމަގުން ހުޅަނގަށް އައިސް އަމީނީމަގަށް، އަމީނީމަގުން ދެކުނަށްގޮސް ގުލާބީ ހިނގުމަށް، ގުލާބީ ހިނގުމުން ދެކުނަށްގޮސް މުދިންކަލޭގެ މަގުން އިރަށް ގޮސްނިމޭ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

B04.09.9 ވޯޓްފޮށި (އަފީފުއްދީން ސްކޫލް ހޯލް އުތުރު)

B04.09.9 ވޯޓްފޮށި ބެހެއްޓިފައި ހުންނާނީ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލް ހޯލުގެ އުތުރު ކޮޅުގަ އެވެ. މި ވޯޓު ފޮއްޓަށް ވޯޓުލެވޭނީ، މުދިންކަލޭގެމަގުން އިރުމަތީކޮޅުން، އެމަގުން ހުޅަނގަށް އައިސް ގުލާބީ ހިނގުމަށް، ގުލާބީ ހިނގުމުން ހުޅަނގަށް ގޮސް އަމީނީމަގަށް، އަމީނީމަގުން ދެކުނަށްގޮސް ނިމޭ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

އަންނަ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް، ކުޅުދުއްފުށީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 7011 މީހުން ތިބިކަމަށް އީސީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355