twitterviber whatsapp telegramfacebookyoutube instagram
20th March 2026

ރައީސްގެ ކެމްޕެއިން ދަތުރުފުޅާ ދިމާކޮށް ހއ އަތޮޅަށް ގިނަ މަޝްރޫއުތަކެއް

އަބްދުލް ވާހިދު ޙަސަން
Jul 18, 2023

ރިޔާސީ ކެމްޕެއިނަށް މިއަދު ހއ އަތޮޅަށް ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށް، އެއަތޮޅުގެ ގިނަ ރަށްތަކެއް ތަރައްގީގެ މަޝްރޫއުތަކެއްގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެ އަތޮޅުގެ ހަތަރު ރަށެއްގައި ހިންގާ މަޝްރޫއުތަކުގެ އެއްބަސްވުމުގައި ކޮންޓްރެކްޓަރާ އެކު ސޮއިކޮށްފަ އެވެ. އެ ހުރިހާ މަޝްރޫއެއް ހަވާލުކުރީ އެމްޓީސީސީއާ އެވެ.

އެގޮތުން ތުރާކުނު ބިންކުމުގެ މަޝްރޫއުއާއި ދިއްދޫ ބިންކުމުގެ މަޝްރޫއު އާއި ކެލާ ނެރު ފުންކުރުމާއި ބޭރުތޮށި ހެދުމުގެ މަޝްރޫއު އަދި އުލިގަމު ބަނދަރު ބޮޑުކުރުމާއި ގޮނޑުދޮށް ހިމާޔާތްކުރުން ހިމެނެ އެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕެއިނަށް މާދަމާ ހއ އަތޮޅަށް ވަޑައިގަންނަވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355