twitterviber whatsapp telegramfacebookyoutube instagram
28th April 2024

ރަހުނާއި އިކުއިޓީގެ ޝަރުތު އުނިކޮށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރާނެ

ޑިމޮކްރެކްޓުންގެ ވެރިކަމެއްގައި ޕޭޕަލް އާއި ސްޓްރައިޕް ފަދަ އިންޓަނޭޝަނަލް އޮންލައިން ޕޭމަންޓް ގޭޓްވޭތަކުގެ ހިދުމަތް ރާއްޖޭގެ ތައާރަފުކުރާނެ.

ނަބީލާ އިސްމާޢީލް
Jul 19, 2023

ދަ ޑިމޮކްރެޓްސް ޕާޓީގެ "ފަސޭހަ ވިޔަފާރި" ސިޔާސަތަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އާ ވިޔަފާރިތައް އުފައްދަން ސަރުކާރުން ދޫކުރާ ލޯނުތަކަކީ ރަހުނާއި އިކުއިޓީގެ ޝަރުތު އުނިކޮށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ދޫކުރާނެ ލޯނުތަކެއްގެ ގޮތުގައި ހަމަޖައްސާ ގޮތް ކަމަ އެ ޕާޓީން ހާމަކޮށްފި އެވެ.

އެ ޕާޓީން މިކަން ހާމަކޮށްފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ދަ ޑިމޮކްރެޓްސް އިން ރައްޔިތުންނަށް ހުށަހަޅާ ސިޔާސަތުގެ ތެރެއިން، ފުރަތަމަ ސިޔާސަތު ލޯންޗުކުރުމަށް ރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވި އިވެންޓްތަކުގައި ދައްކާލި ވީޑިއޯ ޕްރެޒެންޓޭޝަނެއްގަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ ލޯނު ދޫކުރުމުގައި ބަލާނީ އެއީ ފީޒިބަލް ބިޒްނަސް ޕްރޮޕޯސަލެއް ކަން އެކަނި ކަމަށެވެ.

އިލްޔާސް ވިދާޅުވީ ރަހުނެއް އިކުއިޓީއެއް ނޯންނާނެ ކަމަށާއި ފީޒިބަލް ވިއްޔާ ފައިސާ ހަމަޖެހޭނެ ކަމަށެވެ. އަދި އެންމެ ބޮޑު ވެގެން ހަ ޕަސެންޓް އިންޓްރެސްޓް ރޭޓްގެ ގޮތުގައި ބާއްވާނެ ކަމަށެވެ.

ޑިމޮކްރެޓްސްގެ ސިޔާސަތުގެ ކަރުދާހުގައި އިތުރަށް ބުނެފައިވާ ގޮތުގައި، އެފަދަ ބައެއް ވިޔަފާރިތައް ފަށަން ބޭނުންވާ މެޝިނަރީ އާއި އިކުއިޕްޓްމަންޓްތައް ފާހަގަކޮށް އެފަދަ ތަކެތިން އިމްޕޯޓް ޑިއުޓީ ވެސް ކަނޑާލައިދޭނެ ކަމަށެވެ.

ޕޭޕަލް އަދި ސްޓްރައިޕް ފަދަ އިންޓަނޭޝަނަލް އޮންލައިން ޕޭމަންޓް ގޭޓްވޭތަކުގެ ހިދުމަތް ރާއްޖޭގެ ތައާރަފުކުރުމަށް މާލީ ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތަކެއް ގެނެސް އެ ކަން ކޮށްދޭނެ ކަމަށް ވެސް ޑިމޮކްރެޓްސްގެ ސިޔާސަތު ކަރުދާހުގައި ހިމަނާފައިވެ އެވެ.

ޑިމޮކްރެޓްސްގެ އެ ވައުދުނާމާގައި ވަނީ އާންމު ވިޔަފާރިތަކުން ކުރާ މަސައްކަތްތައް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރުން ހުއްޓާލާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355