twitterviber whatsapp telegramfacebookyoutube instagram
28th April 2024

ޑިމޮކްރެޓުންގެ މުޅި މެނިފެސްޓޯގެ ނާރެހަކީ ފަރުދުންގެ އާމުދަނީ އިތުރުކޮށް ވިޔަފާރި ފަސޭހަކުރުން: އީވާ

އަބްދުލް ވާހިދު ޙަސަން
Jul 19, 2023

ދަ ޑިމޮކްރެޓްސް ހުށަހަޅައި މެނިފެސްޓޯގެ ނާރެހަކީ ފަރުދުންގެ އާމުދަނީ އިތުރުކުރުންކަމުގައި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސް ޕާޓީގެ "ފަސޭހަ ވިޔަފާރި ސިޔާސަތު" ލޯންޗުކުރުމަށް ރޭ ކުޅުދުއްފުށީގައި ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ، ޑިމޮކްރެޓުން ހުށަހަޅާ ސިޔާސަތުގެ މައިގަނޑު ވިސްނުމަކީ ފަރުދުންގެ އާއިލާތަކުގެ އާމްދަނީ އިތުރުކުރުން ކަމަށެވެ.

އަދި އެ ޕާޓީގެ މުޅި މެނިފެސްޓޯގެ ނާރެހަކީ އާމްދަނީ އިތުރުކޮށް ވިޔަފާރި ފަސޭހަކުރުން ކަމަށެވެ.

2008 ވަނަ އަހަރު އުފަންކުރުވި ޓެކްސް ނިޒާމާއެކު ރާއްޖޭގެ އިގްތިސޯދަށް އެތައް ގުނައަކަށް އާމްދަނީ އިތުރުވިނަމަވެސް އާންމު ފަރުދުންގެ އާމްދަނީ ބޮޑުވެގެން ނުދިޔަކަން ފާހަގަކުރެއްވި އެވެ.

އީވާ ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުން ވިޔަފާރި ކުރި ކުރީނުން، އަމިއްލަ ވިޔަފާރިތަކަށް އެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.

"ސަރުކާރުގެ ކުންފުނިތަކުން ވިޔަފާރި ކުރިކުރީނުން ގޮސް އަމިއްލަ ވިޔަފާރިތަކަކަށް ޖާގައެއް ނެތް. ބޭންކުތަކާއި އެހެނިހެން ގޮތްގޮތުން ހުރި ހުރިހާ ފައިސާއެއް ވިޔަފާރިކުރުމަށްޓަކާ ރައްޔިތުންނާއި އަމިއްލަ ވިޔަފާރިތައް ބޭނުންވާ ހުރިހާ ފައިސާއެއް ހުރީ ސަރުކާރު ހިންގާ ކުންފުނިތަކުގެ ވިޔަފާރިކުރުމަށްޓަކާ ހިސޯރުކޮށްފަ." ރައްޔިތުން މަޖިލިހުގެ ނައިބު ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކަށް އަމިއްލަ މީހުންގެ ކުންފުނިތަކަށާއި އަމިއްލައަށް ކުރާ ވިޔަފާރިތައް ފަސޭހަވުން ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ދަ ޑިމޮކްރެޓްސް އިން ރައްޔިތުންނަށް ހުށަހަޅާ ސިޔާސަތުގެ ތެރެއިން، ފުރަތަމަ ސިޔާސަތު ލޯންޗުކުރުމަށް ރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިވެންޓްތައް ބޭއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355