twitterviber whatsapp telegramfacebookyoutube instagram
24th August 2025

ކުޅުދުއްފުށީ ރައްޔިތު ބައްދަލުވުން މިރޭ

ނަބީލާ އިސްމާޢީލް
Jul 24, 2023
2

ކުޅުއްދުއްފުށީ ސިޓީ ކައުންސިލުން މިރޭ ރައްޔިތުންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް އެ ކައުންސިލުން ބުނެފި އެވެ. މިއީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެކެވެ.

ކައުންސިލުން ބުނީ މިއީ ކުޅުދުއްފުށިގައި މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހިންގުނު ހާއްސަ ހަރަކާތްތަކާއި، ކުރިއަށް ރޭވިފައިވާ ހަރަކާތްތައް އަދި ކައުންސިލްގެ މުހިންމު ނިންމުންތައް ހިއްސާކުރުމުގެ ގޮތުން ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

ބައްދަލުވުން އޮންނާނީ މިރޭ 20:45 ގައި ހދ އަތޮޅު ތައުލީމީ މަރުކަޒު ހޯލުގައި ކަމަށާއި ރަށުގެ އެންމެހާ ރައްޔިތުން މި ބައްދަލުވުމަގައި ބައިވެރިވުމަކީ ކައުންސިލުގެ އެދުމެއް ކަމަށެވެ.

ގާނޫނުން ލާޒިމުކޮށްގެން ބާއްވާ މި ބައްދަލުވުންތަކުގެ އިތުރުން ކޮންމެ ހޯމަދުވަހެއްގައިވެސް ކައުންސިލަރުންނާ ބައްދަލުކުރުމުގެ ފުރުސަތު އޮންނަނީ ސިޓީ ކައުންސިލުން ހުޅުވާލާފަ އެވެ.

މި ބައްދަލުވުމުގައި ސިޓީ ކައުންސިލުން ކުރިއަށް ހިންގަން ރާވާފައިވާ މަޝްރޫއުތަކާއި މިހާރު ހިންގަމުންދާ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ދޭނެ އެވެ. އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.

ސިޓީ ކައުންސިލުން ފާހަގަކުރެވެނީ، ރައްޔިތުންނާއެކު ބާއްވަން ޖެހޭ އާންމު ބައްދަލުވުންތައް ބާއްވަމުން އަންނަ ކައުންސިލެއްގެ ގޮތުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355