twitterviber whatsapp telegramfacebookyoutube instagram
3rd May 2024

އުރީދޫ މަސްރޭސް 2023: ކުޅުދުއްފުށީގައި ބާއްވާ މަސްރޭހުގެ ހޯސްޓް ޕާޓްނަރަކަށް ސިޓީ ކައުންސިލް

ނަބީލާ އިސްމާޢީލް
Jul 27, 2023
1

އުރީދޫ މަސް ރޭސް 2023 ގައި ކުޅުދުއްފުށި ސިޓީގައި ބާއްވާ މަސްރޭހުގެ ހޯސްޓް ޕާޓްނަރެއްގެ ގޮތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލް ހަމަޖައްސައިފި އެވެ.

އުރީދޫއިން ހާމަކޮށްފައިވާގޮތުގައި އުރީދޫ މަސް ރޭސް 2023 ގެ ކުޅުދުއްފުށީ ސިޓީގައި ބޭއްވޭ މަސް ރޭސް އޮންނާނީ އަންނަ އޯގަސްޓްމަހުގެ 11 ވަނަ ދުވަހުގައެވެ. ކުޅުދުއްފުށި ސިޓީއިން މި ރޭހުގައި 23 ޓީމެއް ވާދަކުރާނެ އެވެ.

އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ރަމަޟާންމަހު ބާއްވަމުން އަންނަ މަސްވެރިކަމުގެ މިރޭހުގެ މި އަހަރުގެ މުބާރާތް ވަނީ އެކުންފުނީގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައިލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެވޭގޮތަށް ފުޅާކޮށް ކުލަގަދަކޮށްފައެވެ.

އެގޮތުން ހަތަރު ސިޓީއިން 83 ޓީމު ބައިވެރިވެފައިވާއިރު މާލޭ ސިޓީގައި އަންނަމަހުގެ ހަތަރެއްގައި، ކުޅުދުއްފުށި ސިޓީގައި އަންނަ މަހުގެ 11 ގައި އައްޑޫ ސިޓީގައި އަންނަ މަހުގެ 18 ގައި އަދި ފުވައްމުލައް ސިޓީގައި އަންނަ މަހުގެ 25 ގައި މި މުބާރާތް ކުރިއަށްގެންދާނެއެވެ.

ކޮންމެ ޓީމެއްވެސް އެ ޓީމެއްގެ ސިޓީގައި ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާއިރު މުބާރާތުގެ ފޯރި އާއި ވާދަވެރިކަން އެހެން އަހަރުތަކަށް ވުރެ ވަރުގަދަވެގެންދާނެއެވެ. ޖުމްލަ 160،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭއިން ކޮންމެ ސިޓީއަކުން މޮޅުވާ ޓީމުތަކަށް ތިރީގައިވާހެން ފައިސާގެ އިނާމު ލިބިގެންދާނެއެވެ.

- އެއްވަނަ ޓީމް: 25،000 ރުފިޔާ

- ދެ ވަނަ ޓީމް: 10،000 ރުފިޔާ

- ތިން ވަނަ ޓީމް: 5000 ރުފިޔާ

- އެންމެ މޮޅު ފިރިހެން ކެޔޮޅު: 1000 ރުފިޔާ

- އެންމެ މޮޅު އަންހެން ކެޔޮޅު: 1000 ރުފިޔާ

ރެކޯޑް އަދަދެއްގެ ބައިވެރިންނާ އެކު އުރީދޫ މަސްރޭސް 2023 ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355