twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ފުރަތަމަ ހަ މަހު ސިޓީ ކައުންސިލަށް ލިބުނު އާމްދަނީ އިތުރުކުރެވިއްޖެ

އަބްދުލް ވާހިދު ޙަސަން
Jul 27, 2023

2022 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހާއި އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ 6 މަހު ސިޓީ ކައުންސިލަށް ލިބުނު އާމްދަނީ 70 އިންސަތަ އިތުރުކުރެވިފައިވާކަމަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި މޭޔަރު ވިދާޅުވީގޮތުގައި މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ އާމްދަނީ އިތުކުރެވިއްޖެ ކަމަށެވެ. އެގޮތުން 2022 އަހަރު ލިބިފައިވަނީ 3.1 މިލިއަން ރުފިޔާ ކަމަށެވެ.

މިއަހަރު ފުރަތަމަ 6 މަސްދުވަސް ސިޓީ ކައުންސިލަށް ލިބިފައިވަނީ 5.3 މިލިއަން ރުފިޔާކަމަށް މޭޔަރު ވިދާޅުވި އެވެ. ސިޓީ ކައުންސިލް މާލީ ގޮތުން ބާރުވެރިކުރުމަކީ މުހިންމުކަމެއް ގޮތުގައި އިސްކަންދީގެންކުރާ ކަމެއްކަމުގައި މޭޔަރު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި ރައްޔިތުންނަށް ހިދުމަތްތަކެއް ކުރުމަށް ނުވަތަ ކައުންސިލް ލެވެލްގައި ޕްރޮޖެކްޓްތަކެއް ހިންގުމަށް އެންމެ މުހިންމުކަމަކީ ކައުންސިލްގެ މާލިއްޔާ އިތުރުކުރުން. މާލިއްޔާއަށް އިތުރަށް ފައިސާ ވަންނާނެ ގޮތްތަށް ހޯދުން." މޭޔަރު ވިދާޅުވި އެވެ.

އެގޮތުން ކައުންސިލް ކުންފުނި އުފެއްދުމުގެ މަސައްކަތް ކުރަމުންދާއިރު މިހާރުކުރާ މަސައްކަތަކީ ބިޒްނަސް ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން ހަދައި އިމްޕްލިމެންޓޭޝަން ހެދުމަށްޓަކާ ކޮންސަލްޓެންސީ ފާމެއް ހޯދުމުގެ މަސައްކަތް ކަމަށެވެ.

"އެހެންކަމުން އަޅުގަނޑު މިބަލަނީ މިއަހަރުގެ ތެރޭގައި ކުންފުނިވެސް ރަޖިސްޓްރީވެސް ކުރެވި އޭގެ މަސައްކަތްތަށްވެސް ފަށައިގަނެވޭނެކަމަށް. އަޅުގަނޑުމެން ހަމަ ނަމަކަށް ކުންފުންޏެއް ރަޖިސްޓްރީކޮށްލަން ބޭނުންނުވީ އެހެންވެގެން ކޮންސަލްޓެންސީ ފާމަކާ އެއްކޮށް އަޅުގަނޑުމެން މިދަނީ އޭގެ ޕްލޭންތަކާއެކީ ނިމިގެން އަޅުގަނޑުމެންނަށް ތަންފީޒުކުރެވޭނެ ވަރަށް އެ މަސައްކަތް އަޅުގަނޑުމެން ކުރާނަން." މޭޔަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355