twitterviber whatsapp telegramfacebookyoutube instagram
2nd January 2026

ކުޅުދުއްފުށީގެ އަނދިރި ސަރަހައްދުތައް އަލިކުރުމުގެ މަޝްރޫއެއް ފަށަނީ

އަބްދުލް ވާހިދު ޙަސަން
Jul 27, 2023

ކުޅުދުއްފުށީގެ އަނދިރި ސަރަހައްދުތަކާއި މަގުތައް އަލިކުރުމުގެ މަޝްރޫއެއް ސިޓީ ކައުންސިލުން ފަށަން ހަމަޖެހިފައިވާކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ރަށުގެ އަނދިރި ސަރަހައްދުތަކުގައި ލައިޓް ޖަހާ އަލިކުރުމުގެ މަޝްރޫއެއް މިއަހަރު ފަށާނެ ކަމަށެވެ.

އެގޮތުން މިހާރު ރައްޔިތުން ބޭނުންކުރާ އަލިނުކުރެވި ހުރި މަގުތަކާއި ސަރަހައްދުތައް މި މަޝްރޫއުގެ ތެރެއިން ލައިޓް ޖަހާ އަލިކުރެވޭނެކަމަށެވެ.

މޭޔަރު ވިދާޅުވީ، މިއީ ސިޓީ ކައުންސިލުން މިއަހަރު ހިންގަން ނިންމާފައިވާ މުހިންމު ބޮޑު މަޝްރޫއެއް ކަމަށާ އެ މަޝްރޫއު ކުރިއަށް އޮތް ހަފުތާއެއް ތެރޭގައި އިއުލާނު ކުރެވިގެންދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355