twitterviber whatsapp telegramfacebookyoutube instagram
1st May 2024

ނެޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

އަބްދުލް ވާހިދު ޙަސަން
Jul 31, 2023

ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން އިންތިޒާމުކުރާ ނެޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

ކުޅުދުއްފުށި ސިޓީގައި ދިރިއުޅޭ އަންހެންނުނަށް ހާއްސަ ކުރެވިގެން ބާއްވާ މިމުބާރާތުގެ ބައިވެރިވުމުގެ ފަހު ތާރީހަކީ އޯގަސްޓްމަހުގެ 20 ވަނަ ދުވަހެވެ.

އަންނަ އޮކްޓޯބަރުމަހު ބާއްވަން ތާވަލްކޮށްފައިވާ އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ.

16 އަހަރުން މަތީގެ އަންހެނުންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ މަގުސަދަކީ ރަށުގައި ނެޓްބޯޅަ ކުރިއަރުވާ ނެޓްބޯޅަ ކުޅެން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމެވެ. އަދި ހަރަކާތްތެރި ދުޅަހެޔޮ ބަޔަކަށް ހެދުމުގައި ހިތްވަރު ދިނުމާއި އެއްބައިވަންތަކަމާއި އެކުވެރިކަން އާލާކުރުމެވެ.

މީގެ އިތުރުން ނެޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދީ ނެޓްބޯޅައިގެ ވާދަވެރިކަމާއި ރޫހް ދެމެހެއްޓުމާއި ރަށު ފެންވަރުގެ ކުޅުންތެރިން އުފެއްދުންކަމަށް ޑަބުލިއުޑީސީން މައުލޫމާތުދެ އެވެ.

މި މުބާރާތަކީ ހަމައެކަނި ކުޅުދުއްފުށީގެ ކަނބަލުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. ކުޅުދުއްފުށީ ކަނބަލެއްގެ ގޮތުގައި ބަލާނީ މަންމަ، ބައްޕަ ކުޅުދުއްފުށީ މީހެއް ނަމައެވެ. މީގެ އިތުރުން ކުޅުދުއްފުށީ މީހަކާ ކައިވެނިކޮށްގެން އުޅޭ ރަށުން ބޭރު މީހުންނަށް މި މުބާރާތުގައި ކުޅެވޭނެ އެވެ.

ރަށުން ބޭރުން ކުޅުންތެރިން ނުގެނެވޭ ގޮތަށް ކުރިއަށްގެންދާ މި މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކަކީ ޗެމްޕިއަން ޓީމް، ރަނަރަޕް ޓީމް، ފެއާ ޕްލޭ ޓީމް، ކޮންމެ މެޗަކުން އެންމެ މޮޅު ކުޅުންތެރިޔާ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ އާއި އެންމެ މޮޅު 7 ކުޅުންތެރިން ހޮވާނެ އެވެ.

މުބާރާތާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި 6527131 އަދި 6527122 ނަމްބަރަށް ގުޅުމުން ސާފުވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355