twitterviber whatsapp telegramfacebookyoutube instagram
9th May 2024

އާސަންދައިގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭ ގޮތް ހަދައިފި

ނަބީލާ އިސްމާޢީލް
Aug 2, 2023

ބޭސްފަރުވާގެ ކަންކަމުގައި ދައުލަތުގެ އެހީއަށް އެދުން ފަސޭހަކޮށްދިނުމުގެ ގޮތުން އާސަންދަ ކޮމްޕެނީ ލިމިޓެޑުން "މައި އާސަންދަ" ޕޯޓަލް ލޯންޗުކޮށްފި އެވެ. މި ޕޯޓަލް މެދުވެރިކޮށް އާސަންދަ އިން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ހޯދޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ.

އޮންލައިންކޮށް ހިދުމަތް ހޯދޭނެ ގޮތް ހަމަޖެއްސުމާ ގުޅިގެން އާސަންދަގެ އެހީގައި ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ މީހުން ޑޮކްޓަރުގެ ރިކޮމަންޑޭޝަން ފޯމު މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުށަހެޅޭނީ ޕޯޓަލް މެދުވެރިކޮށެވެ. މި ޕޯޓަލްއަށް އީ ފާސް މެދުވެރިކޮށް ލޮގިން ވެވޭނެ އެވެ.

"މައި އާސަންދަ" ޕޯޓަލްއިން ލިބޭ ހިދުމަތްތައް:

  • ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ހުށަހަޅަންޖެހޭ ރެކޮމަންޑޭޝަން ފޯމު ޑޮކްޓަރުންނަށް ޕޯޓަލްގެ ތެރެއިން ފުރައިދިނުން
  • ވެލްފެއާގެ އެހީތެރިކަމަށް އެދި އާސަންދަ ފްރޮންޓް އޮފީހަށް ނުވަތަ އެހެން މަރުކަޒެއްގައި ހުރި ކައުންޓަރަކަށް ދިއުމުގެ ބަދަލުގައި ހުށަހަޅަންޖެހޭ ހުރިހާ ލިޔުކިޔުމެއް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުން
  • އެޕްލިކޭޝަންގެ ސްޓޭޓަސް ކޮންމެ ވަގުތަކު ވެސް ޕޯޓަލް އިން ބެލޭނެ އިންތިޒާމު
  • އެޕްލިކޭޝަން ކުރިއަށް ގެންދިއުމަށް އިތުރު ލިޔެކިޔުން ބޭނުންވާނަމަ ޕޯޓަލްގެ ތެރެއިން ހުށަހެޅުން
  • އާސަންދަ އަކީ ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދާ ހިދުމަތެކެވެ. އޮންލައިންކޮށް ގިނަ ހިދުމަތްތަކެއް ލިބޭނެ ގޮތް ހަމަޖެހުމާ ގުޅިގެން މިއީ ހިދުމަތް ހޯދާ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށްވެސް އާސަންދަ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން އާސަންދަ ސްކީމްގެ ތެރެއިން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރު ފުރައިދޭ ރިކޮމެންޑޭޝަން ފޯމު މިމަހުގެ 15 އިން ފެށިގެން ބަލައިގަންނާނީ ހަމައެކަނި މި ޕޯޓަލް މެދުވެރިކޮށް ކަމަށް އާސަންދަ ކުންފުނިން މައުލޫމާތު ދެއެވެ.

މި ޕޯޓަލް ލޯންޗުކުރި ނަމަވެސް ވިރަ ކައުންޓަރުތަކުންނާއި އާސަންދަ ކުންފުނީގެ ފްރަން އޮފީހުން ވެސް ފޯމުތައް ބަލައިގަންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355