twitterviber whatsapp telegramfacebookyoutube instagram
28th April 2024

ކުޅުދުއްފުށީ ސްކޫލުތަކުގެ އާބާދީ 3000 އަށް

އަބްދުލް ވާހިދު ޙަސަން
Aug 6, 2023

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުނުއިރު ކުޅުދުއްފުށީ ސްކޫލްތަކުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ އަދަދު 3000 އަށް އަރައިފި އެވެ. ފާއިތުވި އަހަރު އެ އަދަދު އުޅުނީ 2954 ގަ އެވެ.

އަހަރުން އަހަރަށް ދަރިވަރުންގެ އަދަދު އިތުރުވަމުން އަންނައިރު އެންމެ ބޮޑު ގޮންޖެހުމަކީ ސްކޫލްތަކުގެ ޖާގައިގެ މައްސަލަ އެވެ.

މިއަހަރުވެސް އެންމެ ގިނަ ދަރިވަރުން ތައުލީމް ހާސިލުކުރަނީ ފައުންޑޭޝަން ގުރޭޑްތަކުން ފެށިގެން ގްރޭޑް 1 ން 10 އަށް ކިޔަވައިދޭ އަފީފުއްދީން ސްކޫލްގައި އެވެ. އެ ސްކޫލުގައި މިއަހަރު ޖުމްލަ 1087 ދަރިވަރުން ތައުލީމް ހާސިލުކުރާނެ އެވެ.

އަތޮޅުތެރޭގެ ސްކޫލުތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު މި ސްކޫލުގައި މިއަހަރުވެސް ކިޔަވައިދޭނީ ދެ ދަންފަޅިއަށެވެ. އެ ސްކޫލަށް އަލަށް މިއަހަރު ވަދެފައިވަނީ 128 ދަރިވަރުންނެވެ.

ފައުންޑޭޝަން ގުރޭޑުން ފެށިގެން ގުރޭޑް 10 އަކަށް މިއަހަރު ކިޔަވައިދޭ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި މިއަހަރު 1046 ދަރިވަރުން ތައުލީމް ހާސިލުކުރާނެ އެވެ. އެ ސްކޫލަށް އަލަށް މިއަހަރު ވަދެފައިވަނީ 180 ދަރިވަރުންނެވެ.

ގުރޭޑް 1-12 އަށް ކިޔަވައިދޭ ޖަލާލުއްދީން ސްކޫލުގައި މި އަހަރު ޖުމްލަ 689 ދަރިވަރުން ތައުލީމް ހާސިލުކުރާނެ އެވެ. އެކަމަކު އޭލެވެލްއަށް ފެށުމުން އެ އަދަދު އިތުރުވާނެ އެވެ. އެ ސްކޫލަށް ގުރޭޑް 1 އަކަށް މިއަހަރު އަލަށް 35 ދަރިވަރުން ވަދެފައިވެ އެވެ.

މީގެ އިތުރުން ކުޅުދުއްފުށީގައި އަމިއްލަ ފަރާތްތަކުން ހިންގާ ޕްލޭ ސްކޫލެއްކަމަށްވާ ސްމާޓް ވޭލީ ސްކޫލުގައި މިއަހަރު 180 އެއްހާ ދަރިވަރުން ތައުލީމް ހާސިލުކުރާނެ އެވެ.

ކުޅުދުއްފުށީގެ ސްކޫލުތަކުގައި މިއަހަރު 244 ޓީޗަރުން މަސައްކަތްކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355